ޗައިނާއިން ފަށާފައިވާ ”ޒީރޯ ކޮވިޑް“ ހަރުކަށި ލޮކްޑައުންގެ ސަބަބުން އައިފޯންގެ ޝިޕްމެންޓްތަކެއް ލަސްވާނެކަމަށް އެޕަލް ކުންފުނިން ހާމަކޮށްފިއެވެ.
އެޕަލް ކުންފުނިން ހާމަކޮށްފައިވާ ގޮތުގައި ޗައިނާގެ ޒެންގްޒޫގައި ހުރި އައިފޯންތައް ޝިޕްކުރުމުގައި ދަތިތަކެއް ހުރި ކަމަށް ބުނެފައިވެއެވެ. ލޮކްޑައުންގެ ސަބަބުން ފެކްޓަރީގައި މަސައްކަތްކުރާ މީހުންގެ އަދަދު މަދުވެފައިވާއިރު، މުވައްޒަފުންގެ ރައްކާތެރިކަމަށް ބަލައގެން މަސައްކަތްތައް ކުރެވޭއިރު، މަސައްކަތްތައް ލަސްވާނެކަމަށް އެކުންފުނިން ހާމަކޮށްފައިވެއެވެ.
އައިފޯންގެ ފަހުގެ މޮޑެލް އައިފޯން 14، އައިފޯން 14 ޕްރޯމެކްސް ގަނެފައިވާ ފަރާތްތަކަށް މިކަމުގެ ސަބަބުން ގެއްލުންވާނެކަން އެޕަލްކުންފުނިން ފާހަގަކޮށްފައިވެއެވެ.
ޗައިނާގެ ޒެންގްޒޫގައި ހުންނަ އެޕަލްގެ ފެކްޓަރީއެއްކަމަށް ފޮކްސްކޮން ހިމެނޭ ސަރަޚައްދު ވަނީ 7 ދުވަހުގެ މުއްދަތަށް ނޮވެމްބަރު 2 ވަނަ ދުވަހު ލޮކްޑައުންކޮށްފައެވެ.