ބޮލީވުޑްގެ ބަތަލް ކާތިލް އާރްޔާން އާއި ބަތަލް ރިތިކް ރޯޝަންގެ ކަޒިން ކޮއްކޮ ޕަޝްމިނާ ރޯޝަން އާއި ލޯބީގެ ގޮތުން ގުޅިގެން އުޅޭ ކަމަށް މީޑިއާ ތަކުން ހާމަކޮށްފޮއެވެ.
ބޮލީވުޑްގެ ހަބަރުތައް ގެނެސްދޭ ”ޕިންކް ވިލާ“ އިން ހާމަކޮށްފައިވާ ގޮތުގައި މި ދެމީހުން އަބަދު އުޅެނީ އެއްކޮށް ކަމަށާއި ކާތިކް މި ދުވަސްވަރުގައި ކުޑަ ބްރޭކެއް ވެސް ނަގާފައިވަނީ ޕަޝްމިނާ އަށް ވަގުތު ހުސްކުރުމުގައި ކަމަށެވެ.
އެގޮތުން މި ފަހަރުގެ ދިވާލީގައި ވެސް މި ދެ ފަންނާނުން އެއްކޮށް ކާރު ދުއްވަން ގޮސް ވަގުތު ހޭދަ ކޮށްފައިވާ ކަމަށް ވެސް މީޑިއާ ތަކުން ވަނީ ހާމަކޮށްފައެވެ.
ކާތިކް އެންމެ ފަހުން ފެނިގެން ގޮސްފައިވަނީ ”ބޫލްބުލައިޔާ 2“ އިންނެވެ. މި ފިލްމަކީ އޭނާގެ ފިލްމީ ޙަޔާތުގައި ކުޅެވުން އެންމެ ކާމިޔާބު އެއް ފިލްމެވެ. މި ފިލްމަށް ފަހު އޭނާއަށް ދަނީ ބޮލީވުޑްއިން ގިނަ ފުރުސަތު ތަކެއް ލިބެމުންނެވެ.
So what