ބޮލީވުޑްގެ ކުޅަދާނަ ތިން ބަތަލާއިން އެކުގައި ފެނިގެންދާ ފިލްމު ޖީލޭ ޒަރާގެ ޝޫޓިން އަންނަ އަހަރު ފަށާނެ ކަމަށް ހާމަކޮށްފިއެވެ.
މި ފިލްމުގައި ބަތަލާ ކެޓްރީނާ ކެއިފް، އާލިއާ ބަޓް އަދި ޕްރިޔަންކާ ޗޯޕްރާ ފެނިގެންދާނެއެވެ. މިއީ މި ތިން ފަންނާނުން އެއްކޮށް ފެނިގެންދާނެ ބޮލީވުޑްގެ ފުރަތަމަ ފިލްމެވެ.
ފަރްހާން އަކްތަރު ޑައިރެކްޓްކޮށް އުފައްދާ މި ފިލްމަކީ މިދިޔަ އަހަރު ”ދިލް ޗާތާހޭ“ އަށް 20 އަހަރު ފުރުމުގެ މުނާސަބަތާ ގުޅިގެން ފަރްހާންގެ ސަޕޯޓަރުންއަށް ގެނެސްދޭން އުޅޭ ފިލްމެކެވެ. މި ފިލްމު ޝޫޓިން މިދިޔަ އަހަރު ޝޫޓް ކުރަން ހަމަޖެހުން ނަމަވެސް ވަނީ ފަސްކޮށްފައެވެ.
މީޑިއާތަކުން ހާމަކުރާ ގޮތުގައި މި ފިލްމުގެ ޝޫޓިން މީގެ ކުރިން ފަސްކޮށްފައިވަނީ މި ތިން ބައިވެރިންގެ ޝެޑިއުލްގެ ބިޒީ ކަމުންނެވެ. ނަމަވެސް މިހާރު ފަސްކޮށްފައިވަނީ އާލިއާ ވިހައި ގަދަވަންދެން ކަމަށް ވެސް މީޑިއާ ތަކުން ވަނީ ހާމަކޮށްފައެވެ.
މި ފިލްމަކީ ރޯޑް ޓްރިޕެއްގެ މައްޗަށް ބިނާކޮށް އުފައްދާ ފިލްމެކެވެ. މިއީ ހަތް އަހަރަށް ފަހު ބޮލީވުޑްގެ ފިލްމަކުން ޕްރިޔަންކާ ފެނިގެންދާނެ ފުރަތަމަ ފަހަރެވެ.