ބޮލީވުޑް ފިލްމުތަކާއި އެއްވަރަށް ދެކުނު އިންޑިއާގެ ކަންނަޑާ ފިލްމު ތަކަށް ވެސް ތަރުހީބު ލިބޭ ކަމަށް ތެލޫގޫ ބަތަލް ޔާޝް ހާމަކޮށްފިއެވެ.
މީގެ ކުރިން ބޮލީވުޑްގެ އެކްޓަރުން އާއި ސަޕޯޓަރުން ކަންނަޑާ ފިލްމު ތަކަށް މަލާމަތް ކުރާ ކަމަށް ވެސް އޭނާ ވަނީ ހާމަކޮށްފައެވެ. އެގޮތުން މީގެ 10 ވަރަކަށް އަހަރު ކުރިން ކަންނަޑާ ކޮންމެ ފިލްމެއް ކަހަލަ ގޮތަކަށް މަލާމަތް ރައްދުވާ ކަމަށް ވެސް އޭނާ ވަނީ ހާމަކޮށްފައެވެ.
އަބަދުވެސް ކަންނަޑާ ފިލްމު ތަކުގައި އެކްޓިން ކަމުނުދާ ވާހަކައާއި އެކްޝަން ފިލްމެއް ނަމަ ތަޅާފޮޅުމުގެ ބައިވެސް އެމީހުންއަށް ކަމުނުދާ ކަމަށް ޔާޝް ވަނީ ހާމަކޮށްފައެވެ. ނަމަވެސް މިހާރު ހުރިހާ ކަމެއް ވަނީ ބަދަލުވެފައި ކަމަށާއި ކަންނަޑާ ފިލްމުތަކަކީ ވެސް ބޮލީވުޑް ފިލްމުތަކާއި އެއްވަރަށް މީހުން ބަލައިގަންނަ ފިލްމަކަށް ވެފައިވާ ކަމަށެވެ.
2000 ވަނަ އަހަރުގައި ޓީވީ ޑްރާމާ ތަކުން ފެނުން ޔާޝް ފުރަތަމަ ފިލްމަކުން ފެނިގޮސްފައިވަނީ 2007 ވަނަ އަހަރުއެވެ. އޭނާ އަކީ ކަންނަޑާގައި ތަރުހީބު ބޮޑު ފަންނާނެކެވެ.