އަވަށްޓެރި އިންޑިއާގެ ސުކޫލެއްގެ ހެޑް ޓީޗަރަކު ކަތިވަޅިއެއް ހިފާއިން ސުކޫލަށް ދިއުމުން ސަސްޕެންޑް ކޮށްފިއެވެ.
އެގައުމުގެ އައްސާމްސް ޗަޗަރު ޑިސްޓްރިކްޓް ޕްރައިމަރީ ސުކޫލުގެ ހެޑް ޓީޗަރުގެ މަޤާމްގައި ހުންނަވާ 38 އަހަރުގެ ދްރިޓިމެދާ ދަސް ސްކޫލަށް ކަތިވަޅި އާއި އެކުގައި ގޮސްފައިވަނީ އެ ސުކޫލުގެ އެހެން ޓީޗަރުންގެ އުޅުމާއި މެދު ހިތްހަމަ ނުޖެހިގެން ކަމަށެވެ.
އަދި އޭނާ މިގޮތަށް ކަންތައް ކޮށްފައިވަނީ ޓީޗަރުން އާއި ދަރިވަރުންގެ އަޙްލާގު ރަނގަޅު ކުރަން ކަމަށް އެ ސްކޫލުގެ ޑެޕިއުޓީ އިންސްޕެކްޓަރ ޕަރްވޭޒް ނޭހަލް ހަޒާރީ ވަނީ ހާމަކޮށްފައެވެ.
ނަމަވެސް އޭނާ އެގޮތަށް ސްކޫލަށް އައުމުން ޕޮލިހުންއަށް ރިޕޯޓް ކޮށްފައިވާ ކަމަށާއި ފުލުހުން ސްކޫލަށް އައުމުން އޭނާ ކަތިވަޅި ފޮރުވަން މަސައްކަތް ކޮށްފައިވާ ކަމަށެވެ. ނަމަވެސް މި ކަމުގެ ސަބަބުން އެހެން ޓީޗަރުން އާއި ކުދިން ބިރުގަނެފައި ކަމަށާއި އޭނާ މިހާރު ވަނީ ފުލުހުންގެ ބެލުމުގެ ދަށުގައި ކަމަށް ވެސް ވަނީ ހާމަކޮށްފައެވެ.
މި މައްސަލާގައި ފުލުހުން ހާމަކޮށްފައިވާ ގޮތުގައި މި ޓީޗަރުގެ ލޮކަރުން ވަނީ އެތާގައި މަސައްކަތް ކުރާ 4 ޓީޗަރެއްގެ ސަބަބުން އުނދަގޫ ވާކަމާއި 3 ޓީޗަރަކު އޭނާ މަރާލަން ވެސް ބޭނުންވާ ކަމަށް ލިޔެފައިވާ ލިޔުންތައް ފެނިފައެވެ.