ކުރީގެ ހޯމް މިނިސްޓަރު ޢުމަރު ނަސީރު ހައްޔަރުކުރުމަށް ކާށިދޫ ދާއިރާގެ މެންބަރު އަދި ޑީއާރްޕީގެ ލީޑަރު ޖާބިރު ގޮވައިލައްވައިފިއެވެ.
ރައްޔިތުން މަޖިލީހުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން ޖާބިރު މިއަދު ވިދާޅުވީ ޢުމަރު ދައުލަތުގެ ފައިސާ ނަހަމަ ގޮތުގައި ބޭނުންކުރައްވާފައިވާ ކަމަށެވެ.
ޖާބިރު ވިދާޅުވީ ޢުމަރު ކާށިދޫގައި ޖަލެއް އަޅުއްވަން އުޅުއްވި ކަމަށާއި އެއީ އޭނާ ހައްޔަރުކޮށް ބަހައްޓާފައި ގޮނޑި ހޯދަންވެގެން ކަމަށެވެ.
ނަމަވެސް ދަނގަޑުތައް ކާާށިދޫ މަގުތަކުގައި ހުރެ ފީވެގެން ހިނގައްޖެ ކަމަށާއި އެވަރުގެ ބޮޑު އިސްރާފެއް ކުރީތީ ޢުމަރު ހައްޔަރުކުރަންޖެހޭ ޖާބިރު ވިދާޅުވިއެވެ.
މީގެ އިތުރުން ޖާބިރު ވަނީ ކުރީގެ ރައީސް ޔާމީން ޢަބްދުލްޤައްޔޫމް ޖަލަށް ލުމަށް ވެސް ގޮވައިލައްވާފައެވެ.
”ދަނގަޑު“ ކިޔާ ލަފުޒެއް ދިވެހިބަހުގައެއް ނޯވޭ. އޮންނަނީ ”ދަގަނޑު“ ކިޔާ ލަފުޒެއް. ހުސްނޫނު އޮންނާނީ ”ގ“ އާއި ”ޑ“ އާ ދޭތެރޭގައި. ”ދ“ އާއި ”ގ“ އާ ދޭތެރެއަކު ނޫން.