މީގެ ކުރިން ނޫސްވެރިން ހައްޔަރުކުރި ނަމަވެސް ލިޔުމެއް ޝާއިޢުކުރީތީ މިހާރު ނޫސްވެރިޔާ ހައްޔަރެއް ނުކުރާނެކަމަށް ވެލިދޫ ދާއިރާގެ މެންބަރު ޝަފީޤް ވިދާޅުވެއްޖެއެވެ.
ރއްޔިތުން މަޖިލީހުގެ ޖަލްސާގައި މިއަދު ދެއްކެވި ވާހަކައިގައި ޝަފީޤް ވިދާޅުވީ ނޫސްވެރިކަމުގެ މިނިވަންކަމުގައި ރާއްޖެ ކުރަމުންދާ ދަތުުރުގެ ދިގު މިނާއި އާދެވިފައި މި އޮތް ފައްސިކަން މިހާރު ވިސްނައިލީމާ އެބަ އެނގޭ ކަމަށެވެ. އެ ގޮތުން ކުރީގައި ނޫސްވެރިއަކު ލިޔާ ލިޔުމަކާ ގުޅިގެން ގެންގޮސް ހައްޔަރު ކޮށްފައި ކުޑަގޮޅީގައި ބާއްވާފައި އަނިޔާއާއި އަދަބު ދިނަކަސް މިއަދ އެކަމެއް ނެތް ކަމަށެވެ.
”މިއަދަކު ނޫސްވެރިންނަށް އެ މީހުން ބޭނުނ އެއްޗެއް ލިޔެގެން އެ އެއްޗެއް ލިޔުނީތީ ނޫނީ ނަމަ އެ ލިޔުމެއ ޝާއިޢުކުރީތީ ގެންގޮސް ހައްޔަރެއް ނުކުރޭ“
އޭނާ ވިދާޅުވީ ކުރީގައި ނޫސްވެރިންނަށް ދިން އަނިޔާ މިއަދުގެ ނޫސްވެރިންނަށް އިހްސާސް ކުރައްވަން ދަތި ވެސް ވެދާނެ ކަމަށާއި އެހެން ނަމަވެސް އިއްޔެ ނޫސްވެރިކަމުގައި ތިއްބެވި ބޭފުޅުންނަށް އެ ތަޖުރިބާ ވާނީ ވަރަށް ރަނގަޅަށް ކުރެއްވިފައި ކަމަށެވެ.
Liye vi gen thoache hayyaru kure vey nee liyuna nu dhi nee ma hayyaru kuraa kah ves nu jehey ne thaa rayyithun nakee gamaaru kama tha hee kuranee buraan thi