ކުރީގެ ރައީސް ޔާމީން ޢަބްދުލްޤައްޔޫމް މިހާރު އައްޑޫ ސިޓީއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ޕީޕީއެމްގެ ދެ ޖަގަހައެއް ހުޅުވައިދެއްވައިފިއެވެ.
ރައީސް ޔާމީން މިއަދު މެންދުރުފަހު ހުޅުވައިދެއްވީ މަރަދޫ “ފިނިފެންމާ ޖަގަހަ“ އެވެ.
ޕީޕީއެމްއާ އަލަށް ގުޅުނު މެންބަރުން ވަނީ ޖަގަހަ ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި މެންބަރޝިޕް ފޯމު ރައީސް ޔާމީނާ ހަވާލުކުރައްވައިފައެވެ.
ރައީސް ޔާމީން މިއަދު ހަވީރު ހުޅުވައިދެއްވީ ހިތަދޫ ވޯލްޑްކަޕް ޖަގަހައެވެ. އެއީ ވޯލްޑްކަޕް ބެލުމަށް ޚާއްސަ ޖަގަހައެކެވެ.
ރައީސް ޔާމީން އައްޑޫގެ ރަށްތަކަށް ކުރައްވާ މި ދަތުރުފުޅަކީ ރިޔާސީ އިންތިޚާބަށް ތައްޔާރުވެވަޑައިގަތުމުގެ ގޮތުން ކުރައްވާ ދަތުރުފުޅެކެވެ.