އިސްލާމިކް މިނިސްޓަރު ޑރ.އަޙްމަދު ޒާހިރު އަބޫދާބީއަށް ފުރާވަޑައިގެންފިއެވެ.
އިސްލާމިކް މިނިސްޓްރީން އެކަން ހާމަކުރީ މިރޭ ކުރެއްވި ޓުވީޓެއްގައެވެ.
މިނިސްޓްރީން ބުނީ މިިނިސްޓަރު ޒާހިރު އަބޫދާބީއަށް ވަޑައިގަންނަވަނީ އެ ޤައުމުގައި އޮންނަ ޕީސް ފޯރަމްގައި ބައިވެރިވެ ވަޑައިގަތުމައްޓަކައި ކަމަށެވެ.
އަބޫދާބީ ފޯރަމް ފޮރ ޕީސްގެ 9 ވަނަ އަހަރީ އެސެމްބްލީ ކުރިއަށްދާނީ މި މަހުގެ 8 ވަނަ ދުވަހުން 10 ގެ ނިޔަލަށެވެ.
އެ ފޯރަމްގައި ދުނިޔޭގެ އެކި ކަންކޮޅުތަކުން ދީނީ އިލްމުވެރިންނާއި ބައިނަލްއަޤްވާމީ ސަރުކާރު އަދި މަދަނީ ޖަމިއްޔާތަކުގެ މަންދޫބުން ބައިވެރިވެވަޑައިގަންނަވާނެއެވެ.