މިއަދު ރާއްޖޭގައި މި އޮތީ މިހާތަނަށް ރާއްޖޭގައި އޮތް އެންމެ އިންސާފުވެރި ސްޕްރީމް ކޯޓުކަމަށް ހަނިމާދޫ ދާއިރާގެ މެންބަރު ޢަބްދުލްޣަފޫރު މޫސާ ވިދާޅުވެއްޖެއެވެ.
ޢަބްދުލްޣަފޫރު މިހެން ވިދާޅުވީ ސަރުކާރުގެ ފަރާތުން ގަމު ދާއިރާގެ މެންބަރު މުޙައްމަދު ވިސާމް ހުށަހަޅުއްވާފައިވާ ހެއްކާބެހޭ ޤާނޫނަށް އިސްލާޙު ގެނައުމުގެ ބިލުގެ ބަހުސްގައެވެ.
ޢަބްދުލްޣަފޫރު ވިދާޅުވީ ބައެއް މީހުންނަށް ކޯޓުތައް ގޯސްވަނީ އެ މީހަކު ބޭނުންވާ ގޮތަށް ކަންތައްތައް ނުނިމޭތީ ކަމަށެވެ.
ނަމަވެސް ބޭނުންވާ ގޮތަށް ކަންތައްތައް ނިމެންޏާ ރަނގަޅު ވާހަކަ ބުނާ ކަމަށާއި ރައްޔިތުންނަށް އޮޅުން އަރާ ގޮތަށް ޒިންމާދާރުކަމެއް ނެތް ގޮތެއްގައި ސިޔާސީ ބޭފުޅުން އެފަދަ ވާހަކަދައްކަވަންޏާ ކަންކަން ގޯސްވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
ޢަބްދުލްޣަފޫރު ވިދާޅުވި ގޮތުގައި މިއަދު މި އޮތީ މިހާތަނަށް ރާއްޖޭގައި އޮތް އެންމެ އިންސާފުވެރި ސްޕްރީމް ކޯޓެވެ.