ރާއްޖޭގައި އިންޑިއާ މީހުން ބޮޑެތި ކުށްތައް ކުރުން ޢާންމުވެފައިވާތީ އެމްއެންޑީއެފްގެ ކުރީގެ ކެޕްޓަން ޢަލީ އިހްސާން ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ.
އިހްސާން މިރޭ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ޤައުމެއް އިސްތިއުމާރީ ބާރެއްގެ ދަށަށް އަންނައިރު ފެންނަ އެއް ކަމަކީ އިސްތިއުމާރު ކުރާ މީހުން އެ ޤައުމެއްގައި ރައްޔިތުންގެ މައްޗަށް އަނިޔާދީ ކުށްތަކަށް އަރައިގަންނައިރު އެބައިމީހުންގެ މައްޗަށް ޤާނޫނު ހިންގަން ނުކުޅެދުން ކަމަށެވެ.
އެ ގޮތުން އިންޑިއާ މީހުން ކުރާ ބޮޑެތި ކުށްތައް ގިނަވެ އަޅައިނުލެވި ދާކަން އޭނާ ފާހަގަކުރެއްވިއެވެ.
އިހްސާން މިހެން ވިދާޅުވެފައި މިވަނީ ރާއްޖޭގައި އިންޑިއާ މީހުން ކުޑަކުދިންނަށް ޖިންސީ ގޯނާކުރުން އިތުރުވެފައި ވަނިކޮށެވެ.
Dhivehisarukaarunves adhi inda sarukaarunves mifadhakuh thah kuraameehunnahadhbudheynjehey