މި ޤައުމުގައި ހުންނަނީ ޢަދުލު އިންޞާފު ގާއިމުކޮށް ނުދީ މީހުންގެ މުދާ ފޭރޭ ފަނޑިޔާރު ގެތަކެއް ކަމަށް ކާށިދޫ ދާއިރާގެ މެންބަރު ޖާބިރު ވިދާޅުވެއްޖެއެވެ.
ރައްޔިތުން މަޖިލީހުގައި މިއަދު ވާހަކަ ދައްކަވަމުން ޖާބިރު ވިދާޅުވީ އަޑު ބަދަލު ކޮށްގެން ހެކި ނެގުމާއި ވީޑިއޯގެ ޒަރީޢާއިން ހެކިބަސް ނެގުމާއި މިއީ ވަރަށް ބަދުއަޚްލާޤީ ގޮތަކަށް ކުރިއަށްގެންދާ ކަންތައްތަކެއް ކަމަށެވެ.
”މިފަދަ ބަދުއަޚްލާޤީ ގޮތަކަށް ކުރެވޭ ހެކިންތަކުގެ މައްޗަށް އެބަޖެހޭ ބަލަން. ހަމަ މިހާރުން މިހާރަށް ރާއްޖޭގެ ހޯމް މިނިސްޓަރާއި ރައީސުލުޖުމްހޫރިއްޔާއަށް ގޮވައިލަން އަޅުގަނޑުމެންގެ ހެކިބަސް ދިނުމުގެ އިޖުރާތްތައް ރަނގަޅު ކުރަން އެބަޖެހޭ.“
ޖާބިރު ވިދާޅުވީ އިސްލާމީ ޝަރީޢަތް ތަންފީޒު ކުރަންޏާ ރަނގަޅަށް ކުރަންޖެހޭނެ ކަމަށެވެ.
ޖާބިރު އިތުރަށް ވިދާޅުވީ ހުސްނުއްސުޢޫދު ސްޕްރީމް ކޯޓަށްލީ ހިސާބުން ގޯސްވާނެކަން އޭނާއަށް އެނގިވަޑައިގެންފި ކަމަށެވެ.