ޢަރަބި ތަޢުލީމު ނައްތައިލަން ސަރުކާރުން ކުރާ ކޮންމެ ކަމެއްގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙްގެ އިތުރުން ކޯލިޝަނުގެ ލީޑަރުން ޝާމިލުވާނެ ކަމަށް ޝައިޚް ސައުދާން މިރޭ ވިދާޅުވެއްޖެއެވެ.
ޢަރަބިއްޔާ ސްކޫލުގެ ޕްރިންސިޕަލް މުޙައްމަދު ޝުޖާއު އެ މަޤާމުން ވަކިކުރުމަށްފަހު ޢަރަބިއްޔާ ހިންގުން އިސްކަންދަރު ސްކޫލުގެ ޕްރިންސިޕަލް ޙުސައިން ސަޢީދާ ހަވާލުކުރެއްވި މައްސަލައިގައި ބެލެނިވެރިން ކަންބޮޑުވުން ފާޅުކުރަމުންދާ ދަނޑިވަޅެއްގައެވެ.
ޝައިޚް ސައުދާން ވިދާޅުވީ ޢަރަބި ތަޢުލީމު ނައްތައިލަން ސަރުކާރުން ކުރާ ކޮންމެ ކަމެއްގައި ރައީސުލްޖުމްހޫރިއްޔާގެ އިތުރުން ކޯލިޝަނުގެ ލީޑަރުން ޝާމިލުވާނެ ކަމަށާއި ހުރިހާ ވަޒީރުން އައްޔަން ކުރެއްވީ ހަމަ ރައީސުލްޖުމްހޫރިއްޔާ ކަމަށެވެ.
މީގެ އިތުރުން ޝައިޚް ސައުދާން ވަނީ ޢަރަބިއްޔާައަށް ހަދަމުން ދާ ގޮތް އެއްގޮތަކަށް ވެސް ބަލައެއް ނުގަނެވޭކަމަށް ވިދާޅުވެފައެވެ. އަދި އިސްލާމުންނަށްވެ ހުރެ ޢަރަބި ތަޢުލީމުދެކެ ތިހާ ބިރުގަންނަނީ ކީއްވެތޯ ހަމަ ސުވާލު އުފެދޭ ކަމަށް ވެސް ވިދާޅުވިއެވެ.
ޝައިޚް ސައުދާންގެ މި ސުވާލު އަމާޒުކުރެއްވީ ރައީސް ޞާލިޙަށް ނުވަތަ އެޑިއުކޭޝަން މިނިސްޓަރަށް ކަމެއް ހާމައެއް ނުކުރައްވައެވެ.
މިއަދަކީ އަނެއްކާ ވެސް ލަދުވެތި ދުވަހެއް ޤުރުއާނުގެ އާޔަތް ވިދާޅުވެފަ މާނަކިޔާދެއްދެއްވީ ރޯނުބައިކޮއް މީކޮންމެހެން އިސްކަންދަރު ސުކޫލް ޕުރިންސިޕަލް އަރަބިއްޔާގެ ޕުރިންސިޕަލް އަކަށް ހަމަޖެއްސީމަ ފިތުނައުފައްދަން ބުނިއެއްޗެއްނޫން މީ މިއަދު އަރަބިއްޔާގެ އެސެމްބްލީގަ ހަމަހިގިކަމެއް އިސްކަންދަރު ސުކޫލްން ބަދަލް ކުރި ބޭފުޅާޔަކީ ވަރަށް ތަޢުލީމީ ބޭފުޅެއް އެކަމަކުވެސް އަރަބިއްޔާގެ ގުރޭޑް 10 މަތީ ދަރިވަރުން ކުރިމަތީ ޤުރުއާންނާ އޭގެ މާނަ ކުއްގޮތަށް ވިދާޅުވެވުނީމަ އެކުދިންނަށާ އުސްތާޒު މެންނަށް އެގޭނެ
އެނޫނަސްކުރާހުރިހާނުބާކަމެއްގަ