2020 ވަނަ އަހަރުގެ ޑިސެމްބަރު މަހު ރާއްޖެއަށް 72 ކިލޯއަށްވުރެ ގިނަ މަސްތުވާތަކެތި އެތެރެކުރި މައްސަލައިގައި ދަޢުވާ އުފުލާފައިވާ މީހުންގެ ތެރެއިން ހަތް މީހަކަށް ކުރި ދަޢުވާތައް އަނބުރާ ގެންގޮސްފިއެވެ.
އެ މައްސަލައިގައި ހައްޔަރުކުރީ ސ.ހުޅުދޫ/ދޭލިޔާގެ، އިރުފާން ތަޤިއްޔު އާއި، ރ.އިނގުރައިދޫ/އެލެސްކާ، މުޙައްމަދު ވިޝާމް އާއި، ދ.މާއެނބޫދޫ/އަނބުގަސްދޮށުގެ އަޙްމަދު ނަޞީރު އާއި، މއ.ކަނޑޫގެ ޢަލީ އަޙްމަދާއި، ހ. ގާރޑަންބިޔުޓީ މުޙައްމަދު އަކްރަމާއި، ރ.އިނގުރައިދޫ/އެލެސްކާ، ވިޝާމް އާއި، ހދ.ނޮޅިވަރަންފަރު/ނޫރީއާގެ މުޙައްމަދު ޝަރީފާއި، ތުނޑި/ލ.ގަން، ޕެރިސްހޮލިޑޭ، މުޙައްމަދު ފުރުޤާންއާއި، ތ.ތިމަރަފުށި/ތަޑިރަތްމާގެ، މުޙައްމަދު ވަޖީޙުއާއި، ރ.ރަސްގެތީމު/ފީރޯޒްގޭ އަޙްމަދު ޝިނާންއެވެ.
މަތީ މަރުހަލާގެ ކޯޓުތަކުގެ ފަހުގެ ނިންމުންތަކަށް ބަލާއިރު މިހާރު ހުރި ހެކިތަކުން ދަޢުވާ ސާބިތުކުރެވޭނެކަމަށް ނުފެންނާތީ ޕީޖީން މިއަދު ނިންމީ އޭގެތެރެއިން ހަތް މީހަކަށް ކުރި ދަޢުވާތައް އަނބުރާ ގެންދިޔުމަށެވެ. އެ ގޮތުން ނަޞީރާއި، އިރުފާނާއި، އަކްރަމާއި ބައި ފިޔަވައި ދެން ތިބި މީހުންގެ ބައި ވަނީ އަނބުރާ ގެންގޮސްފައެވެ.