ހޮނިހިރު, މާރޗް 25, 2023
DhiDaily
  • ފުރަތަމަ ސަފުހާ
  • ޚަބަރު
  • ރިޕޯޓް
  • ދުނިޔެ
  • ދީން
  • ވިޔަފާރި
  • ކުޅިވަރު
  • ވާހަކަ
  • މުނިފޫހިފިލުވުން
  • ތަފާތް
  • ގެލެރީ
  • ENG
No Result
View All Result
  • ފުރަތަމަ ސަފުހާ
  • ޚަބަރު
  • ރިޕޯޓް
  • ދުނިޔެ
  • ދީން
  • ވިޔަފާރި
  • ކުޅިވަރު
  • ވާހަކަ
  • މުނިފޫހިފިލުވުން
  • ތަފާތް
  • ގެލެރީ
  • ENG
No Result
View All Result
DhiDaily
No Result
View All Result

ކުޅުދުއްފުށީ ހޮސްޕިޓަލްގައި ފުރަތަމަ ފަހަރަށް ލެޕްރޯސްކޯޕިކް ސަރޖަރީއެއް ހަދައިފި.

އަޒްފާ ރަޝީދު ލިޔުނީ: އަޒްފާ ރަޝީދު
ނޮވެމްބަރ 7, 2022
ޚަބަރު
0
ކުޅުދުއްފުށީ ހޮސްޕިޓަލްގައި ފުރަތަމަ ފަހަރަށް ލެޕްރޯސްކޯޕިކް ސަރޖަރީއެއް ހަދައިފި.

ހދ. ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލްގައި ފުރަތަމަ ފަހަރަށް ލެޕްރޯސްކޯޕިކް ސަރޖަރީއެއްކޮށްފިއެވެ.

އިންދިރާގާންދީ މެމޯރިއަލް ހޮސްޕިޓަލްގެ ތަޖުރިބާކާރު ޑޮކްޓަރުންނާއެކު ކުޅުދުއްފުށީ ހޮސްޕިޓަލްގައި ކުރި މިސަރޖަރީއަކީ ރާއްޖެއިން އުތުރުގައި ކުރި މިފަދަ ފުރަތަމަ ސަރޖަރީއެވެ.

ލެޕްރޮސްކޯޕިކް ސާރޖަރީތައް އާންމު ގޮތެއްގައި ހަދަނީ އަންހެނުން ދަރިމައިވުމުގެ ނިޒާމު، ގޭސް އަދި ކުޑަކަމުދާ ނިޒާމަށް ދިމާވާ މައްސަލަތަކަށް ހައްލު ހޯދުށެވެ.

ލެޕްރޮސްކޯޕިކް ސަރޖަރީ އަކީ ބަނޑުގައި ކުޑަ ލޯވަޅެއް ނުވަތަ ލޯވަޅުތަކެއް އަޅައިގެން ކެމެރާގެ ޒަރީއާއިން ބަލައިގެން، ކުދި އޮޕަރޭޝަން ޓޫލްސް ބޭނުންކޮށްގެން ކުރެވޭ ހަށިގަނޑަށް ލުއި ސަރޖަރީއެކެވެ. ކީހޯލް ސަރޖަރީގެ ނަމުންވެސް ނަންދެވިފައިވާ މި އޮޕަރޭޝަނަށްފަހު ބަލިމީހާ ހޮސްޕިޓަލްގައި ހޭދަކުރާ ވަގުތު މަދުވެ، ތަހައްމަލް ކުރަން ޖެހޭ ވޭން ކުޑަވެ އަދި ހަށިގަނޑު ކެފުމުގެ ސަބަބުން ލާ ލަކުނު މަދު ނުވަތަ ބޮޑުތަނުން ކުޑަވެއެވެ.

ލެޕްރޮސްކޯޕިކް ސަރޖަރީތަކުގެ ތަޖުރިބާކާރެއް ކަމަށްވާ ސީނިޔަރ ކޮންސަލްޓަންޓް އިން ޖެނަރަލް ސަރޖަރީ، ޑރ. އުބައިދު އިސްވެ ހުންނަވައިގެން ކުރިޔަށް ގެންދެވި މި އޮޕަރޭޝަން ކާމިޔާބު ކަމާއެކު ފުރިހަމަކޮށް ނިންމާލީ 50 މިނެޓުންނެވެ. ކުޅުދުއްފުށީގައި ރަސްމީކޮށް މިއޮޕަރޭޝަންތައް ފެށުމަށް އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލްގެ ޚާއްސަ ޓީމެއް އިއްޔެ ކުޅުދުއްފުއްޓަށް ޒިޔާރަތްކޮށްފައިވާއިރު، މި ޓީމްގެ މެމްބަރުން އަމަލީ ގޮތުން އޮޕަރޭޝަންގައި ބައިވެރިވެލެއްވިއެވެ.

އޮޕަރޭޝަނަށްފަހު ޑޮކްޓަރުންގެ ޓީމްގެ ފަރާތުން ވާހަކަ ދައްކަވަމުން ޑރ. އުބައިދު ވަނީ މިއަދު މި ފެށިގެން ދިޔަ ޚިދުމަތަކީ ރައްޔިތުން ނުހަނު ބޮޑަށް ބޭނުންވެފައިވާ ޚިދުމަތެއްކަން ފާހަގަކުރައްވާފައެވެ. އަދި މި ޚިދުމަތް ދެމެހެއްޓެނެވި ގޮތެއްގައި ކުރިޔަށް ގެންދިޔުމަށް، އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލްގެ ފުރިހަމަ އެއްބާރުލުން ލިބޭނެކަމަށްވެސް އުބައިދު ވިދާޅުވިއެވެ. އެގޮތުން، މި ޚިދުމަތް ކުރިޔަށް ގެންދިޔުމަށް ކުޅުދުއްފުށީގެ ހޮސްޕިޓަލްގެ ޓީމަށް ބޭނުންވާ ތަމްރީނާއި އަދި އެކްސްޕަޓީސް ފޯރުކޮށްދެއްވުމުގައި ދެމިހުންނަވާނެކަމަށާއި، މިޚިދުމަތް އިތުރަށް ފުޅާވެގެންދާނީ ރާވާލެވިގެން ދެ ހޮސްޕިޓަލްގެ ތެރެއިން ކުރެވޭ މަސައްކަތުން ކަމަށްވެސް އުބައިދު ވިދާޅުވިއެވެ.

ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލްގެ އޮޕަރޭޝަން ތިއޭޓަރުގެ ނާރސިން އިންޗާރޖް، ރެޖިސްޓާރޑް ނާރސް، ހުރުމާ އަބްދުއްރަހްމާން ވިދާޅުވީ ކުރިން ބޮޑެތި ކެފުންތަކާއިއެކު ކުރެވުނު ބައެއް އޮޕަރޭޝަންތައް، ބަނޑުގައި އެޅޭ މަދު ލޯވަޅުތަކެއްގެ ޒަރީޢާއިން ކުރެވިގެން ދިއުމަކީ ބަލިމީހާއަށް އަދި އޮޕަރޭޝަން ޓީމަށްވެސް ލިބިގެންދާ ވަރަށް ބޮޑު ލުއިކަމެއްކަމަށެވެ.

ރާއްޖޭގެ އެކި ކަންކޮޅުތަކުގައިވާ ރީޖަނަލް ހޮސްޕިޓަލްތައް ބާރުވެރިކޮށް، ސިއްހީ ނިޒާމު ފައްކާކޮށް، ފުޅާކުރުމަކީ މި ސަރުކާރުގެ މުހިންމު ވަޢުދަކަށްވާއިރު، ލެޕަރޮސްކޯޕިން ސާރޖަރީތައް ފެށިގެން ދިއުމަކީ ބޮޑުތިލަދުންމަތީގެ ރައްޔިތުންނަށް ލިބިގެންދާނެ ވަރަށް ބޮޑު ލުޔެކެވެ. އަދި ރާއްޖޭގެ މައި ހޮސްޕިޓަލަށްކުރާ ބާރު ކުޑަވެ، ރައްޔިތުންގެ ތަކުލީފު ކުޑަވެ، މިފަދަ ހިދުމަތްތައް ހޯދުމަށް އާންމު ރައްޔިތުންކުރާ ހޭދަ ބޮޑުތަނުން ކުޑަވެގެންދާނެއެވެ. ފާއިތުވީ، ހަތަރު އަހަރެއްހާ ދުވުހުގެ ތެރޭގައި ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުން ވަނީ ބޮޑެތި ކުރިއެންތަކެއް ހޯދާފައެވެ.

މިގޮތުން ޑަކްޓަރުންނާއި ނަރުހުންގެ އަދަދު ބޮޑުތަނުން އިތުރުކުރެވި، އެމް.އާރު.އައި، މެމޮގްރަފީ، ސީޓީ ސްކޭން އަދި ޑައިގްނޯސްޓިކްގެ ގިނަ ހިދުމަތްތަކެއް ފެށި، ސިއްހީ ހިދުމަތް ހޯދުމަށް މާލެ ދާންޖެހޭ ޖެހުން ވަރަށް ބޮޑަށް މަދުކުރެވިފައިވާކަން ފާހަގަކޮށްލެވެއެވެ.

ގުޅުންހުރި ލިޔުންތައް

ޖެންޑާ މިނިސްޓްރީއަށް ފިލްމެއް ތައްޔާރުކޮށްދޭނެ ބަޔަކު ހޯދަނީ

ޖެންޑާ މިނިސްޓްރީއަށް ފިލްމެއް ތައްޔާރުކޮށްދޭނެ ބަޔަކު ހޯދަނީ

މާރޗް 25, 2023
އައްޑޫގައި އިސްލާމިކް ސެންޓަރެއް އެޅުމުގެ މަސައްކަތް މިއަދު ބަޔަކާ ހަވާލުކޮށްފި

އައްޑޫގައި އިސްލާމިކް ސެންޓަރެއް އެޅުމުގެ މަސައްކަތް މިއަދު ބަޔަކާ ހަވާލުކޮށްފި

މާރޗް 24, 2023
ތަރައްގީގެ ރޭހުގައި މެކުހަށް ޖަހަން ބޭނުންނަމަ ޤާސިމްގެ ތަޖުރިބާގެ ބޭނުންކުރަންޖެހޭ: އަމީން

ޖޭޕީގެ ރިޔާސީ އިންތިހާބުގެ ކެމްޕޭންގެ އިންތިޒާމުތައް ހަމަޖައްސަން އަމީނަށް

މާރޗް 24, 2023
ހިތަދޫގައި އިމާރާތްކުރި އައު މިސްކިތް ނައިބު ރައީސް ހުޅުވައިދެއްވައިފި

ހިތަދޫގައި އިމާރާތްކުރި އައު މިސްކިތް ނައިބު ރައީސް ހުޅުވައިދެއްވައިފި

މާރޗް 24, 2023

Leave a Reply Cancel reply

ކިޔުންތެރިންގެ ހިޔާލު

ADVERTISEMENT

މަގުބޫލް ލިޔުންތައް

  • ޒޯޔާ ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ފުލުހުން ބުނެފި

    ޒޯޔާ ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ފުލުހުން ބުނެފި

    0 shares
    Share 0 Tweet 0
  • މިކަންކަން ދިމާވާނަމަ ތިޔައީ ލޯބިވެރިޔާ އަށް މުހިއްމު މީހެއް ނޫން

    0 shares
    Share 0 Tweet 0
  • ވިލިމާލެއިން ގެއްލިގެން ހޯދަމުން ދިޔަ ކުއްޖާ ފެނިއްޖެ

    0 shares
    Share 0 Tweet 0
  • ޑްރަގް ބޭނުންކޮށްގެން 57 އަހަރުގެ އަންހެނަކު ހައްޔަރުކޮށްފި

    0 shares
    Share 0 Tweet 0

DhiDaily©2020

No Result
View All Result
  • ފުރަތަމަ ސަފުހާ
  • ޚަބަރު
  • ރިޕޯޓް
  • ދުނިޔެ
  • ދީން
  • ވިޔަފާރި
  • ކުޅިވަރު
  • ވާހަކަ
  • މުނިފޫހިފިލުވުން
  • ތަފާތް
  • ގެލެރީ
  • ENG

DhiDaily©2020

Login to your account below

Forgotten Password?

Fill the forms bellow to register

All fields are required. Log In

Retrieve your password

Please enter your username or email address to reset your password.

Log In