އާދިއްތަ, މާރޗް 26, 2023
DhiDaily
  • ފުރަތަމަ ސަފުހާ
  • ޚަބަރު
  • ރިޕޯޓް
  • ދުނިޔެ
  • ދީން
  • ވިޔަފާރި
  • ކުޅިވަރު
  • ވާހަކަ
  • މުނިފޫހިފިލުވުން
  • ތަފާތް
  • ގެލެރީ
  • ENG
No Result
View All Result
  • ފުރަތަމަ ސަފުހާ
  • ޚަބަރު
  • ރިޕޯޓް
  • ދުނިޔެ
  • ދީން
  • ވިޔަފާރި
  • ކުޅިވަރު
  • ވާހަކަ
  • މުނިފޫހިފިލުވުން
  • ތަފާތް
  • ގެލެރީ
  • ENG
No Result
View All Result
DhiDaily
No Result
View All Result

ކޮވިޑްއަށް ފަރުވާ ހޯދަމުން އަންނަ މީހުންގެ އަދަދު އަނެއްކާވެސް އިތުރުވާން ފަށައިފި

އަޒްފާ ރަޝީދު ލިޔުނީ: އަޒްފާ ރަޝީދު
ނޮވެމްބަރ 7, 2022
ޚަބަރު
0
ކޯވިޑް 19: އިތުރު މީހަކު ނިޔާވެއްޖެ

ކޯވިޑް-19އަށް ޕޮޒޮޓިވްވާ މީހުންގެ އަދަދު އިތުރުވެ މިބަލީގައި މިދިޔަ ހަފްތާގައި މީހަކު ނިޔާވެފައިވާއިރު، ހޮސްޕިޓަލްތަކުގައި އެޑްމިޓްކޮށްގެން ކޮވިޑަށް ފަރުވާދޭ މީހުންގެ ޢަދަދު އިތުރުވާން ފަށައިފިއެވެ.

އެގޮތުން މިދިޔަ މަހުގެ ފުރަތަމަ ހަފްތާގައި ކޯވިޑް ޖެހިގެން 2 މީހަކަށް އެޑްމިޓްކޮށްގެން ފަރުވާދީފައިވާއިރު މިމަހުގެ ފުރަތަމަ ހަފްތާގައި 25 މީހަކަށް އަންނަނީ ހޮސްޕިޓަލްގައި އެޑްމިޓްކޮށްގެން ފަރުވާދެމުންނެވެ. މީގެއިތުރުން ދެމަސްފަހުން މިބަލީގައި މިދިޔަ ހަފްތާގައިވަނީ މީހަކު ނިޔާވެފައެވެ.

ރާއްޖޭގައި ކޯވިޑް-19ގެ ކޭސްތައް ދަށަށްދާން ފެށުމާއި ގުޅިގެން ހެލްތު ޕްރޮޓެކްޝަން އޭޖެންސީ އެޗްޕީއޭއިން ކޭސްތަކުގެ ތަފާސްހިސާބު ޢާއްމުކުރަނީ ހަފްތާއަކު އެއްފަހަރުއެވެ.

އެޗްޕީއޭއިން ޢާއްމުކޮށްފައިވާ ތަފާސްހިސާބުތައް ދައްކާގޮތުން ރާއްޖޭގައި ކޯވިޑް ޖެހޭ މީހުންގެ ޢަދަދު އަންނަނީ ކޮންމެ ހަފްތާއަކުވެސް އިތުރުވަމުންނެވެ. މިގޮތުން މިދިޔަ އޮކްޓޯބަރު މަހުގެ ފުރަތަމަ ހަފްތާގައި ޕޮޒިޓިވްވީ މީހުންގެ ޢަދަދު 40ގައި ހުރި އިރު މިމަހުގެ ފުރަތަމަ ހަފްތާގައި ޕޮޒިޓިވްވީ މީހުންގެ ޢަދަދުވަނީ 90 އަށް އަރާފައެވެ. އޮކްޓޯބަރު މަހުގެ ފުރަތަމަ ހަފްތާގައި ހޮސްޕިޓަލްގައި ފަރުވާ ދީފައިވަނީ 2 މީހަކަށެވެ. އެހެންނަމަވެސް މިމަހުގެ ފުރަތަމަ ހަފްތާގައި އެކަނިވެސް 25 މީހަކަށް އަންނަނީ ހޮސްޕިޓަލުގައި ފަރުވާދެމުންނެވެ. ބަލިފެތުރޭ ނިސްބަތް އިތުރުވެފައިވަނީ މާލެ ސަރަޙައްދުގައެވެ.

މާލެ ސަރަޙައްދުގައި އޮކްޓޫބަރު މަހުގެ ފުރަތަމަ ހަފްތާގައި ޕޮޒިޓިވްވެފައިވަނީ 19 މީހެކެވެ. މިމަހުގެ ފުރަތަމަ ހަފްތާގައި މާލެ ސަރަޙައްދުންވަނީ 43 މީހަކު ޕޮޒިޓިވްވެފައެވެ. އަދި ރިސޯޓުތަކާއި ސިނާޢީ މަސައްކަތް ކުރާ ރަށްރަށާއި ސަފާރީތަކުން ޕޮޒިޓިވްވީ މީހުންގެ ޢަދަދު ވަނީ 45 އަށް އިތުރުވެފައެވެ. މިއާއެކު ރާއްޖޭގައި ބަލިޖެހުނު މީހުންގެ ޖުމްލަ ޢަދަދުވަނީ 185454 އަށް އަރާފައެވެ. ކޯވިޑްގެ ކޭސްތައް ރާއްޖޭގައި މަޑުމަޑުން އިތުރުވަމުން އަންނައިރު މިދިޔަ ހަފްތާގައިވަނީ މިބަލީގައި މީހަކު ނިޔާވެފައެވެ. އެޗްޕީއޭއިން ވިދާޅުވީ ނިޔާވެފައިވަނީ، ހުޅުމާލޭގައި ހުންނަ ކޯވިޑް ފެސިލިޓީގައި ފަރުވާދެމުން ދިޔަ ޢުމުރުން 86 އަހަރުގެ ދިވެހި ފިރިހެނެއްކަމަށެވެ.

ކޯވިޑުން ދިފާޢުވުމަށް ވެކްސިންދިނުމުގެ މަސައްކަތް މިހާރުވެސް އަންނަނީ ކުރަމުންނެވެ. އެގޮތުން މިހާތަނަށް ކޯވިޑް ދިފާޢުގެ ފުރަތަމަ ޑޯޒް 399140 މީހުންވަނީ ޖަހާފައެވެ. ދެވަނަ ޑޯޒް 385050 މީހުންވަނީ ޖަހާފައެވެ. ބޫސްޓަރގެ ފުރަތަމަ ޑޯޒް 167132 މީހުން ޖަހާފައިވާއިރު ބޫސްޓަރގެ ދެވަނަ ޑޯޒް 1381 މީހުންވަނީ ޖަހާފައެވެ.

ކޯވިޑްގެ ކޭސްތައް މިދުވަސްވަރު އިތުރުވަމުން އަންނައިރު މޫސުމީ އެކި ރޯގާތައްވެސްވަނީ އިތުރުވެފައެވެ. މިގޮތުން ޑެންގީ ކޭސްތައްވަނީ އިތުރުވެފައެވެ. ހުމާއި ރޯގާތަކުން ރައްކާތެރިވުމަށް ޢާއްމު ސާފުތާހިރުކަމަށް ސަމާލުވުމަށް އެޗްޕީއޭއިން އިލްތިމާސްކުރައްވައެވެ. އެގޮތުން ގިނަ ގިނައިން އަތްދޮވުމާއި މީހުން ގިނައިން އެއްވެ އުޅޭ ތަންތަނަށް ދާއިރު މާސްކު އެޅުމަކީ ރައްކާތެރިކަމަށް ކުރެވޭނެ މުހިއްމުކަންކަމެވެ. މީގެއިތުރުން ޑެންގީއިން ރައްކާތެރިވުމަށް މަދިރި އާލާވާ ފަދަ ތަންތަން ނައްތާލުމަށް މަސައްކަތް ކުރަންޖެހެއެވެ.

Tags: ކޮވިޑް 19

ގުޅުންހުރި ލިޔުންތައް

އަމްރު ވަކިކޮށް އެސްޓީއޯގެ ހިންގުން ސީއެފްއޯއާ ހަވާލުކޮށްފި

އަމްރު ވަކިކޮށް އެސްޓީއޯގެ ހިންގުން ސީއެފްއޯއާ ހަވާލުކޮށްފި

މާރޗް 26, 2023
ގެޒެޓްކޮށްފައިވާ ގަވައިދުގެ ސަބަބުން ދީނީ ގޮތުން ކަންބޮޑުވާންޖެހޭ ކަމެއް ނެތް – ރ.މައުމޫން

ތަރާވީހް ނަމާދުގައި ޤުރްއާން ޚަތިމުކުރުމަކީ ކޮންމެހެން އޮންނަ ކަމެއް ނޫން: މައުމޫން

މާރޗް 26, 2023
އަމީނީ މަގުން ގަސް ކެނޑުމުގެ މައްސަލަ އަނބުރާ ގެންދަވައިފި

އަމީނީ މަގުން ގަސް ކެނޑުމުގެ މައްސަލަ އަނބުރާ ގެންދަވައިފި

މާރޗް 26, 2023
މޮޓޯކޭޑަށް ހުރަސްއަޅައިގެން ހައްޔަރުކުރީ ހަތަރު މީހުން

މޮޓޯކޭޑަށް ހުރަސްއެޅުން: ދެ މީހަކު ދޫކޮށްލައިފި

މާރޗް 26, 2023

Leave a Reply Cancel reply

ކިޔުންތެރިންގެ ހިޔާލު

ADVERTISEMENT

މަގުބޫލް ލިޔުންތައް

  • މިކަންކަން ދިމާވާނަމަ ތިޔައީ ލޯބިވެރިޔާ އަށް މުހިއްމު މީހެއް ނޫން

    މިކަންކަން ދިމާވާނަމަ ތިޔައީ ލޯބިވެރިޔާ އަށް މުހިއްމު މީހެއް ނޫން

    0 shares
    Share 0 Tweet 0
  • ވިލިމާލެއިން ގެއްލިގެން ހޯދަމުން ދިޔަ ކުއްޖާ ފެނިއްޖެ

    0 shares
    Share 0 Tweet 0
  • ޑްރަގް ބޭނުންކޮށްގެން 57 އަހަރުގެ އަންހެނަކު ހައްޔަރުކޮށްފި

    0 shares
    Share 0 Tweet 0
  • ޒޯޔާ ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ފުލުހުން ބުނެފި

    0 shares
    Share 0 Tweet 0

DhiDaily©2020

No Result
View All Result
  • ފުރަތަމަ ސަފުހާ
  • ޚަބަރު
  • ރިޕޯޓް
  • ދުނިޔެ
  • ދީން
  • ވިޔަފާރި
  • ކުޅިވަރު
  • ވާހަކަ
  • މުނިފޫހިފިލުވުން
  • ތަފާތް
  • ގެލެރީ
  • ENG

DhiDaily©2020

Login to your account below

Forgotten Password?

Fill the forms bellow to register

All fields are required. Log In

Retrieve your password

Please enter your username or email address to reset your password.

Log In