ހުކުރު, ސެޕްޓެމްބަރ 22, 2023
DhiDaily
  • ފުރަތަމަ ސަފުހާ
  • ޚަބަރު
  • ރިޕޯޓް
  • ދުނިޔެ
  • ދީން
  • ވިޔަފާރި
  • ކުޅިވަރު
  • ވާހަކަ
  • މުނިފޫހިފިލުވުން
  • ތަފާތް
  • ގެލެރީ
  • ENG
No Result
View All Result
  • ފުރަތަމަ ސަފުހާ
  • ޚަބަރު
  • ރިޕޯޓް
  • ދުނިޔެ
  • ދީން
  • ވިޔަފާރި
  • ކުޅިވަރު
  • ވާހަކަ
  • މުނިފޫހިފިލުވުން
  • ތަފާތް
  • ގެލެރީ
  • ENG
No Result
View All Result
DhiDaily
No Result
View All Result

ހެއްކާއި ބެހޭ ޤާނުނަށް އިސްލާހު ގެނައުމުގެ ބިލް މަޖިލީހުން ބަލައިގެންފި

އަޒްފާ ރަޝީދު ލިޔުނީ: އަޒްފާ ރަޝީދު
ނޮވެމްބަރ 7, 2022
ޚަބަރު
0
ހެއްކާއި ބެހޭ ޤާނުނަށް އިސްލާހު ގެނައުމުގެ ބިލް މަޖިލީހުން ބަލައިގެންފި

ނޫސްވެރިންގެ ކަންބޮޑުވުންތަކެއް އޮތް ހެއްކާ ބެހޭ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު ރައްޔިތުންގެ މަޖިލީހަށް ބަލައިގެންފި އެވެ.

ބިލު މަޖިލީހަށް ބަލައިގަތުމަށް ފެންނަ ކަމަށް 56 މެންބަރުން ވޯޓު ދެއްވި އެވެ. ބިލު މަޖިލީހަށް ބަލައިގަތުމުން ދިރާސާކުރުމަށް ވަނީ ޖުޑިޝަރީ ކޮމިޓީއަށް ފޮނުވާފަ އެވެ.

ހެއްކާ ބެހޭ ޤާނޫނަށް އިސްލާހު ގެނައުމުގެ ބިލު ސަރުކާރުގެ ފަރާތުން މަޖިލީހަށް ހުށަހެޅުއްވީ ގަމު ދާއިރާގެ މެންބަރު މުހައްމަދު ވިސާމު އެވެ.

ބިލު ހުށަހަޅަމުން ވިސާމް ވިދާޅުވީ ސަރުކާރުގެ ފަރާތުން ބިލް ހުށަހެޅުމުގެ ބޭނުމަކީ ހެއްކާ ބެހޭ ގާނޫނުގެ 136 ވަނަ މާއްދާގައި ނޫސްވެރިންނަށް މައުލޫމާތު ދޭ މަސްދަރު ހާމަކުރުމަށް ލާޒިމުކުރާ ހާލަތްތައް މިހާރު އެ ޤާނޫނުގައި އޮތް ގޮތުން ނޫސްވެރިންގެ މެދުގައި އުފެދިފައިވާ ކަންބޮޑުވުންތަކަށް ހައްލެއް ހޯދުމަށް ގެންނަން ޖެހޭ އިސްލާހުތައް ގެނައުން ކަމަށެވެ.

އިސްލާހުގައިވާ ގޮތުން ޓެރަރިޒަމްގެ ކުށްތަކާއި، ގައުމީ ސަލާމަތަށް ނުރައްކާވެދާނެ ފަދަ އަމަލެއް އެކުލެވޭ ކުށެއްގެ ދައުވާއަކާ ގުޅޭ ޝަރީއަތެއްގައި ނޫސްވެރިޔަކަށް މައުލޫމާތު ދިން މީހާ އަކީ ކާކުކަން އަންގައިދޭނެ މައުލޫމާތެއް ހާމަކުރުމަށް ނޫސްވެރިޔާއަށް ނުވަތަ އޭނާ ވަޒީފާ އަދާކުރާ ތަނަށް މަޖުބޫރުކުރަން ޖެހޭ ހާލަތެއްގައި އެފަދަ އަމުރެއް ނެރެދިނުމަށް އެދި ޕްރޮސިކިއުޓާ ޖެނެރަލަށް ހައިކޯޓަށް ހުށަހެޅިދާނެ އެވެ.

އެ ހާލަތުގައި ހައިކޯޓަށް ހުށަހެޅޭ ހުށަހެޅުމަކާ މެދު ގިނަވަގެން 14 ދުވަހުގެ ތެރޭގައި އެ ކޯޓުން ގޮތެއް ކަނޑައަޅަންވާނެ ކަމަށް ވަނީ ބުނެފަ އެވެ.
ނޫސްވެރިންނަށް މައުލޫމާތު ދޭ މަސްދަރު ހާމަކުރަން ލާޒިމުކުރެވޭނީ ޕްރޮސެކިއުޓާ ޖެނެރަލް ހުށަހަޅާ ހުށަހެޅުމެއްގެ މައްޗަށް ހައިކޯޓުން ކުރާ އަމުރަކުން ކަމުގައި ކަނޑައެޅުމާއި އެފަދަ އަމުރެއް ނެރުމުގައި ކޯޓުން ރިއާޔަތްކުރަންޖެހޭ ކަންކަން ގާނޫނުގައި ކަނޑައެޅުމަށް ހުށަހަޅާ އިސްލާހުގައި ހިމެނެ އެވެ.

މަސްދަރު ހާމަކުރުމަށް ކޯޓު އަމުރު ނެރެވިދާނެ ހާލަތްތަކުގެ ތެރޭގައި އެ މައުލޫމާތު އެނގުމަކީ ދަށު ކޯޓުގައި ކުރިއަށްދާ ޝަރީއަތް ނިސްބަތްވާ ދައުވާއާ ސީދާ ގުޅުންހުރި އަދި އެ ދައުވާއަށް ކޮންމެހެން މުހިންމު މައުލޫމާތެއް ކަމުގައިވުން ހިމެނެ އެވެ. އެ މައުލޫމާތު ހާމަނުކުރުމުގެ ސަބަބުން ދަށު ކޯޓުގައި ކުރިއަށްދާ ދައުވާ ރައްދުވާ ފަރާތުގެ މައްޗަށް ނުހައްގު އަދަބެއް ލިބުމުގެ ފުރުސަތު އޮތް ހާލަތުގައިވެސް މަސްދަރު ހާމަކުރުމުގެ އަމުރަކަށް އެދެވިދާނެ ކަމަށް އިސްލާހުގައިވެ އެވެ.

ގާނޫނަށް އިސްލާހު ގެނައުމަށް ހުށަހެޅިއިރު ”ގައުމީ ސަލާމަތު“ގެ ލަފްޒު ހިމަނައިގެން ގާނޫނު އިސްލާހު ކުރަން މޯލްޑިވްސް ޖާނަލިސްޓްސް އެސޯސިއޭޝަން (އެމްޖޭއޭ) އިން ދެކޮޅު ކަމަށް އެ ޖަމިއްޔާ އިން މީގެ ކުރިން ބުނެފައިވެ އެވެ. މިކަންބޮޑުވުމަށް އަދިވެސް ހައްލު ނުލިބެ އެވެ.

Tags: މަޖިލިސް

ގުޅުންހުރި ލިޔުންތައް

ދުވަސްވީ މީހުންނަށް ދޭ އެލަވަންސް 7000 އަށް ބޮޑުކުރަން ނިންމައިފި

ދުވަސްވީ މީހުންނަށް ދޭ އެލަވަންސް 7000 އަށް ބޮޑުކުރަން ނިންމައިފި

ސެޕްޓެމްބަރ 21, 2023
ޒާތީ ތައައްސުބުން އެއްކިބާވެ ޑރ.މުޢިއްޒުގެ އަތްޕުޅުގައި ހިފުމަށް ޝަހީމް ގޮވާލައްވައިފި

ޒާތީ ތައައްސުބުން އެއްކިބާވެ ޑރ.މުޢިއްޒުގެ އަތްޕުޅުގައި ހިފުމަށް ޝަހީމް ގޮވާލައްވައިފި

ސެޕްޓެމްބަރ 21, 2023
ޝަރުއީ ދާއިރާގެ މުވައްޒަފުންނަށް ސްޓެޕް އެލަވަންސް ދޭން ނިންމައިފި

ޝަރުއީ ދާއިރާގެ މުވައްޒަފުންނަށް ސްޓެޕް އެލަވަންސް ދޭން ނިންމައިފި

ސެޕްޓެމްބަރ 21, 2023
ކުޑަކުއްޖަކާ ބެހުނު މީހަކު 15 އަހަރަށް ޖަލަށްލާން ހައިކޯޓުން ތަޢީދުކޮށްފި

ހައިކޯޓުގެ މަސައްކަތްތަކާ ގުޅޭ ގޮތުން ދޮގު ވާހަކަތައް ނުފެތުމަށް އިލްތިމާސްކޮށްފި

ސެޕްޓެމްބަރ 21, 2023

Leave a Reply Cancel reply

ކިޔުންތެރިންގެ ހިޔާލު

ADVERTISEMENT

މަގުބޫލް ލިޔުންތައް

  • ނިހާންގެ މައްސަލަ ކުރިއަށް ގެންދެވޭގޮތެއް ނުވި

    ވިލިމާލެ ދާއިރާގެ ކުރީގެ މެންބަރު ނިހާންގެ ތާއީދު ޑރ. މުއިއްޒުއަށް

    0 shares
    Share 0 Tweet 0
  • އަޅުގަނޑާއި އާއިލާ ތަހަންމަލް މިކުރަނީ މެޑަމް ފަޒުނާމެން އޭރުއްސުރެ ކުރި ފުރައްސާރަ- ކެޕްޓަން އިހްސާން

    0 shares
    Share 0 Tweet 0
  • އުއްމީދަކި ”ޖަވާން“ އަށްފަހު އަންހެން ކުދިން ތަލަ މީހުނަށް ގަޔާވުން: ޝާޙް

    0 shares
    Share 0 Tweet 0
  • ޑިމޮކްރެޓްސްއިން ބޭނުންވާ ގޮތަށް މިމަހު ނިޒާމީ ވޯޓަކަށް ނުދެވޭނެ: އިލެކްޝަންސް

    0 shares
    Share 0 Tweet 0

DhiDaily©2020

No Result
View All Result
  • ފުރަތަމަ ސަފުހާ
  • ޚަބަރު
  • ރިޕޯޓް
  • ދުނިޔެ
  • ދީން
  • ވިޔަފާރި
  • ކުޅިވަރު
  • ވާހަކަ
  • މުނިފޫހިފިލުވުން
  • ތަފާތް
  • ގެލެރީ
  • ENG

DhiDaily©2020

Login to your account below

Forgotten Password?

Fill the forms bellow to register

All fields are required. Log In

Retrieve your password

Please enter your username or email address to reset your password.

Log In