ހޮނިހިރު, މާރޗް 25, 2023
DhiDaily
  • ފުރަތަމަ ސަފުހާ
  • ޚަބަރު
  • ރިޕޯޓް
  • ދުނިޔެ
  • ދީން
  • ވިޔަފާރި
  • ކުޅިވަރު
  • ވާހަކަ
  • މުނިފޫހިފިލުވުން
  • ތަފާތް
  • ގެލެރީ
  • ENG
No Result
View All Result
  • ފުރަތަމަ ސަފުހާ
  • ޚަބަރު
  • ރިޕޯޓް
  • ދުނިޔެ
  • ދީން
  • ވިޔަފާރި
  • ކުޅިވަރު
  • ވާހަކަ
  • މުނިފޫހިފިލުވުން
  • ތަފާތް
  • ގެލެރީ
  • ENG
No Result
View All Result
DhiDaily
No Result
View All Result

ރައީސް ނަޝީދު ”ލަންކާ ގްރޫޕް“ގައި: މަނިކުފާނު މޮޔަފުޅުވީތޯ؟

ފަޚުރުއްޒަމާން މުޙައްމަދު ލިޔުނީ: ފަޚުރުއްޒަމާން މުޙައްމަދު
ނޮވެމްބަރ 7, 2022
ފީޗަރ, ރިޕޯޓް
4
ރައީސް ނަޝީދު ”ލަންކާ ގްރޫޕް“ގައި: މަނިކުފާނު މޮޔަފުޅުވީތޯ؟

ރައްޔިތުން މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުޙައްމަދު ނަޝީދު

”މަނިކުފާނު މޮޔަފުޅުވީތޯ؟“ މަޝްހޫރު ވިޔަފާރިވެރިޔާ އަދި ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހީމް ރައީސް ނަޝީދާ ބެހޭ ގޮތުން ވިދާޅުވި ވާހަކައެއްގެ އަޑު ވަރަށް ގިނައިން ޗެނަލް 13އިން އިވެއެވެ. ”މަނިކުފާނު މޮޔަފުޅު ވީތޯ؟“

މިސްރުގެ ޝަރްމުއްޝައިޚްގައި މިދިޔަ ހުކުރު ދުވަހުން ފެށިގެން ބުދަދުވަހުގެ ނިޔަލަށް ބާއްވާ އދ.ގެ މި އަހަރުގެ ކްލައިމެޓް ޗޭންޖް ކޮންފަރެންސް (ކޮޕް 27)ގައި ސްރީލަންކާ ތަމްސީލު ކުރެއްވުމަށް އެ ގައުމުގެ ވަފުގައި ރައްޔިތުން މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުޙައްމަދު ނަޝީދު ފުރައިވަޑައިގަތުމުން ރާއްޖޭގެ ވަރަށް ގިނަ ބަޔަކު ދަނީ ރައީސް ނަޝީދަށް ވަރަށް ބޮޑަށް ފާޑުވިދާޅުވަމުންނެވެ.

އެ ފާޑުވިދާޅުވުންތަކުގެ އަޑު އިވުމުން އަޅުގަނޑުގެ ހިތަށް އަންނަނީ ހަމަ ޤާސިމް އިބްރާހީމްގެ ވާހަކަފުޅެވެ.

”މަނިކުފާނު މޮޔަފުޅު ވީތޯ؟“

”ލަންކާ ގްރޫޕް“ގައި ނަޝީދު މިސްރަށް ކުރައްވާ ދަތުރުފުޅާ ގުޅިގެން ރައީސް މައުމޫންގެ ޕާޓީ، މޯލްޑިވްސް ރިފޯމް މޫވްމަންޓް (އެމްއާރްއެމް) އިން ބުނީ، އެއީ ރައީސް ނަޝީދުގެ ހިތްޕުޅުގައި ރާއްޖެއަށް އޮތް ޤަދަރު ކުޑަކަން ހާމަކޮށްދޭ ކަމެއްކަމަށެވެ.

”މި ޕާޓީ އިން ދެކޭ ގޮތުގައި، މިއީ ދިވެހި ދައުލަތުގެ މަޞްލަޙަތާ ފުށުއަރާ، ޤާނޫނު އަސާސީގެ 75 ވަނަ މާއްދާއާއި ރައްޔިތުންގެ މަޖިލީހުގެ ޤަވައިދުގެ ރޫހާ ޚިލާފު، މަޖިލީހުގެ ރައީސް ގެ މަސްއޫލިއްޔަތު ތަކަށް އޮޅުން އަރާ، ސުލޫކީ މިންގަނޑުތަކާ ޚިލާފު އަމަލެކެވެ.“ ކުރީގެ ރައީސް މައުމޫން ޢަބްދުލްޤައްޔޫމްގެ އެމްއާރުއެމްގެ ބަޔާނުގައި ވެއެވެ.

ނަޝީދާއި މައުމޫން: ސިޔާސީ ދެ ވާދަވެރިން

އެމްޑީޕީގެ ރައީސް ނަޝީދު ”ލަންކާ ގްރޫޕް“ގައި މިސްރަށް ވަޑައިގަތުމުން އެންމެ ހޫނުކޮށް ފާޑުވިދާޅުވީ މައުމޫން ސަރުކާރުގައި ބަންޑާރަ ނައިބުކަން ކުރެއްވިޔަސް އެމްޑީޕީ ވުޖޫދަށް ގެނައުމުގައި ބުރަ މަސައްކަތްތަކެއް ކުރެއްވި ޑރ. މުޙައްމަދު މުނައްވަރެވެ.

ރައީސް ނަޝީދު ލަންކާ ވަފުދުގައި މިސްރަށް ވަޑައިގަތުމުން ޑރ. މުނައްވަރު ވިދާޅުވީ ރައީސް ނަޝީދު ގައުމަށް ޚިޔާނާތްތެރިވެވަޑައިގެންފި ކަމަށެވެ. މަގާމުން ވަކިކުރަން ޖެހޭ ކަމަށެވެ.

”ދިވެހި ދައުލަތަށް ޚިޔާނާތްތެރިވެވޭނެ އެހެން ގޮތެއް ކިޔައިދެއްވަ ބައްލަވާ މިއަށްވުރެ ބޮޑަށް. އެހެން ގައުމެއް ތަމްސީލްކުރަން މިދިޔައީ އަޅުގަނޑުމެންގެ ރައްޔިތުންގެ މަޖިލީހުގެ ރައީސް. އަޖައިބެއް ނޫންތޯ؟“ މުނައްވަރު ސުއާލު ކުރެއްވިއެވެ. ”ގައުމަށް ވަފާތެރިވުމަށް ކުރެއްވި ހުވާ ކޮބައިތޯ؟ މިއީ ވަރަށް ބޮޑު ދުސްތޫރީ މައްސަލައެއް. މީހާރުން މިހާރަށް އޭނާ ވަކިކުރަން ޖޭހޭ ނޫންތޯ މަޖިލިސް މެންބަރުކަމުން.“

ރައީސް ނަޝީދަށް މުސާރައާއި އިނާޔަތްތައް އަރުވަނީ ދިވެހި ސަރުކާރުންނެވެ. އެކަމަކު އެމަނިކުފާނު ހިމެނިވަޑައިގަންނަވަނީ ”ލަންކާ ބެރު ގްރޫޕް“ގައެވެ.

ނަޝީދު މިސްރަށް ކުރައްވާ ދަތުރުފުޅުގެ ހުރިހާ ޚަރަދެއް ކުރުމަށް ހަމަޖެހިފައިވަނީ ކްލައިމެޓް ވަލްނަރަބަލް ފޯރަމް (ސީވީއެފް) އިން ކަމަށް މަޖިލީހުގެ އިދާރާއިން ވަނީ ބުނެފައެވެ.

ނަޝީދުގެ ދަތުރުފުޅު ދިފާއުކުރައްވައި ވާހަކަފުޅު ދެއްކެވި ބޭފުޅަކު ވިދާޅުވީ ރައީސް ނަޝީދު ކޮޕް 27ގައި  ލަންކާ ތަމްސީލު ކުރެއްވުމުން ދިވެއްސެއްގެ ހައިސިއްޔަތުން އޭނާ ފަޚުރުވެރިވާކަމަށެވެ.

”އެއޮއް ބޮޑު ލައްކާ ތަމްސީލު އެކުރައްވަނީ ރާއްޖޭގެ މަޖިލިސް ރައީސް. ކިހާ ފަޚުރުވެރި ކަމެއްތޯ؟“ އޭނާ ވިދާޅުވިއެވެ.

ރީތި ނަން ހޯއްދަވައި ކެމްޕޭނު ކުރެއްވުމަށް ބަދިގެތަކަށާއި ގިފިލިތަކަށް ވަދެވަޑައިގަންނަވާ ނަޝީދު ދުނިޔޭގެ ލީޑަރުންނާ ބައްދަލުކުރެއްވުމަށް ލަންކާ ވަފުދުގައި ހިމެނިވަޑައިގެންނެވުމުން އައްޑޫ މީދޫ ދާއިރާގެ މަޖިލިސް މެންބަރު ރޮޒައިނާ އާދަމް ސުވާލު އަމާޒުކުރެއްވީ ބަންޑަރަ ނައިބަށެވެ.

”ރާއްޖޭގެ ރައްޔިތުންގެ މަޖިލީހުގެ ރައީސަށް، ރާއްޖެ ބައިވެރިވާ ފޯރަމެއްގައި އަމުދުން އެހެން ގައުމެއް ތަމްސީލު ކުރެވިދާނެތޯ؟“ ރޮޒައިނާ ވިދާޅުވިއެވެ. ”އަޅުގަނޑުގެ ބުއްދި ގަބޫލެއް ނުކުރޭ އެކަން އެގޮތަށް ކުރެވިދާނެ ކަމަކަށް.“

ނަޝީދު ލަންކާ ވަފުދުގައި މިސްރަށް ވަޑައިގަތުމުން އެކަމަށް ފާޑު ކިޔައި މީހަކު ބުނެފައި ވަނީ އޭނާއަކީ ކަންތައްތައް ދަންނަ ކަމަށް ހެދިގެން އުޅުއްވާ ރޯނު އެދުރެއް ކަމަށެވެ.

”އަތް ނުބާނާނެ ނުބެހޭނެ ނުވަންނާނެ ތަނެއް ނޯވޭ.“ އޭނާ ލިޔެފައިވެއެވެ. ”މިރާއްޖެއަށް ހުރި ހަލާކެއް. ލަދެއް ތިޔަ އެއްޗަކީ. ތަނަކު ހުރި ރޯނުއެދުރެއް. މިވަރުގެ ތަންދޮރު ނުދަންނަ މީހަކަށް ބައެއް މީހުން ތާއީދު ކުރާތި ދެރައީ.“

ރައީސް ނަޝީދު ކޮޕް 27ގައި ބައިވެރިވެވަޑައިގަންނަވަނީ ރާއްޖޭގެ ކުރީގެ ރައީސެއްގެ ހައިސިއްޔަތަކުންނެއް ނޫނެވެ. އަދި މަޖިލީހުގެ ރައީސެއްގެ ހައިސިއްޔަތަކުންނެއްވެސް ނޫނެވެ. އެކަމަކު އޭނާ އެ ބައްދަލުވުމުގައި ބޮޑަށް ފާހަގަކުރެވިގެން ދާނީ ރާއްޖޭގެ ކުރީގެ ރައީސް އަދި މަޖިލީހުގެ މިހާރުގެ ރައީސްގެ ހައިސިއްޔަތުންނެވެ.

ރައީސް ނަޝީދު މިސްރުގެ ކޮންފަރެންސްއަށް ވަޑައިގެންނެވީ ސްރީލަންކާގެ ރައީސް ރަނިލް ވިކްރަމަ ސިންހާގެ އިންޓަނޭޝަނަލް ކްލައިމެޓް އެޑްވައިޒަރެއްގެ ހައިސިއްޔަތުންނެވެ. ނަމަވެސް ނަޝީދަކީ ތިމާވެށީގެ ރޮނގުން ތައުލީމު ހާސިލުކުރައްވައިގެން ހުންނެވި ބޭފުޅެއްނޫނެވެ.

ނަޝީދު މިސްރަށް ކުރައްވާ ދަތުރުފުޅުގައި ކާމޭޒު ދޮށުންނާއި ސައިމޭޒު ދޮށުންނާއި ހަވާސާއިން ބޭރުން ގައުމުތަކުގެ ވެރިންނާއި އިސް ބޭފުޅުންނާ ބައްދަލު ކުރައްވައި ސްރީލަންކާގެ އެހީ ވަށިގަނޑަށް އެއްޗެއް ލިބޭތޯ މަސައްކަތް ކުރައްވާނޭކަމަށް ބެލެވެއެވެ. ބަނގުރޫޓު ވެފައިވާ ސްރީލަންކާއަށް މާލީ އެހީތެރިކަން ހޯދައިދޭ އެޖެންޓުކަން އޭނާއަށް ލިބިވަޑައިގެންފައި ވިޔަސް ނަޝީދުގެ މަސައްކަތްތަކުން ވަށިގަނޑަށް އެންމެ ލޯ ލާރިއެއްވެސް އަދި ލިބިފައެއްނުވެއެވެ.

ކޮޕް 27ގައި ރާއްޖޭގެ ފަރާތުން ނައިބު ރައީސް ފައިސަލް ނަސީމްގެ އިތުރަށް ސަރުކާރުގެ މަތީ ފަންތީގެ ވަފުދެއް ބައިވެރިވެވަޑައިގަންނަވައެވެ.

ރައީސް ނަޝީދު މިސްރަށް ކުރައްވާ ދަތުރުފުޅަށް ބޮޑު ފާޑުކިޔުންތަކެއް އަމާޒު ވިޔަސް އެ މައްސަލައާ ގުޅިގެން ރައީސް ނަޝީދު މިހާތަނަށް އެއްވެސް ޖަވާބެއް ނުދެއްވައެވެ. ލަފާކުރެވޭ ގޮތުގައި އަމާޒުކުރެވޭ ފާޑުކިއުންތަކަށް ނަޝީދު ޖަވާބު ދެއްވާނީ ރާއްޖެވަޑައިގަތުމަށްފަހު، ނޫސްވެރިންގެ ބައްދަލުވުމެއްގައެވެ. ރައީސް ނަޝީދަކީ ގަދައަށް ނަށްޓަވާ ބޭފުޅެކެވެ. އޭނާ ހިރަފުސް ކަމަށް ސިފަކުރައްވާފައިވާ، މިސްރުގައި މިފަހަރު ނަށްޓަވާނަމަ، ނަށްޓަވާނީ ”ލަންކާ ގްރޫޕް“ ގައެވެ. އެފަދަ ވަގުތެއްގައި ”މަނިކުފާނު މޮޔަފުޅު ވީތޯ؟“އޭ ދަންނަވާނޭ ބޭފުޅަކު ނުހުންނާނެއެވެ.

Tags: ރައީސް މުހައްމަދު ނަޝީދު

ގުޅުންހުރި ލިޔުންތައް

ރައްޔިތުންނަށް ކަންކަން އޮޅޭ އެންމެ ބޮޑު ސަބަބަކީ ސިޔާސީ ބޭފުޅުން ދެއިރު ދެގޮތަށް ވާހަކަ ދެއްކެވުން: ނަޝީދު

ޓްރާންސެކްޝަނަލް އުސޫލުން ވޯޓު ހޯދަން އުޅުމަކީ ވޯޓު ގަންނަން އުޅުން: ނަޝީދު

މާރޗް 24, 2023
ޖަމާއަތަށް އަރާފައި ފައިބަންދެން ވެހިކަލް ޕާކްކޮށްލާފައި ބޭއްވުމަކީ ސްޓިކަރ ޖަހަންޖެހޭ ކަމެއްނޫން: މޭޔަރު

ޖަމާއަތަށް އަރާފައި ފައިބަންދެން ވެހިކަލް ޕާކްކޮށްލާފައި ބޭއްވުމަކީ ސްޓިކަރ ޖަހަންޖެހޭ ކަމެއްނޫން: މޭޔަރު

މާރޗް 23, 2023
”ފިކުރެއްގެ ދިރުން“ ފެކްޝަނުން ޖޭޕީއާ ގުޅިއްޖެ، މެނިފެސްޓޯއެއް އެކުލަވައިލަނީ

”ފިކުރެއްގެ ދިރުން“ ފެކްޝަނުން ޖޭޕީއާ ގުޅިއްޖެ، މެނިފެސްޓޯއެއް އެކުލަވައިލަނީ

މާރޗް 23, 2023
އެންމެ ފުރަތަމަ ވެސް މަޢުލޫމާތު ހޯދައި ލިބިގަތުމުގެ ހައްޤުގެ މިނިވަންކަން ހޯދައިދިނިން: ރައީސް

ހަސަދައާއި ނަފްރަތުން އެއްކިބާވެ، ގުޅުން ބަދަހިކުރުމަށް ރައީސް އިލްތިމާސް ކުރައްވައިފި

މާރޗް 22, 2023

Comments 4

  1. ސައީދު says:
    5 months ago

    ލިޔުނު ނޫސްވެރިޔާ ހުންނެވީ މާބޮޑަށް މޮޔަފުޅުވެފަ ކަމަށް ފެންނަކަމަށް ވިދާޅުވި އިރު ލިއުން ބިނާވެފައި ވަނީ ޑރ. މުނައްވަރާއި ރައީސް މައުމޫނާއި ރޮޒައިނާ ފަދަ ބޭފުޅުން ދައްކަވާފައިވާ ވާހަކަތަކަށް. އެ ބޭފުޅުން ވެސް ތިއްބެވީ މޮޔަފުޅުވެފައި ތޯ؟ އަޅެ ވިދާޅުވެ ބައްލަވާ! ކޮން ގައުމެއްގެ ގާނޫނު ހަދާ މަޖިލީހުގެ ރައީސްތޯ އެހެން ގައުމެއް ތަމްސީލުކުރައްވަން ބޭރު ގައުމަކަށް ވަޑައިގަތީ؟ ނަޝީދެއްކަމަކު ތަންކޮޅެއް ބޮޑުވަރު. އަޅުގަނޑުގެ ހިތަށް ވެސް އަރަނީ ހަމަ މޮޔަފުޅުވީ ބާވައޭ؟

    Reply
  2. މަރީ says:
    5 months ago

    ހިތް ދަތިވިއަސް ބޮޑުވަރު

    Reply
  3. ޤާސިމް އިބްރާހިމް says:
    5 months ago

    މި ޙަބަރު ލިޔުނު ނޫސްވެރިޔާ ހުންނެވީ މާބޮޑަށް މޮޔަފުޅުވެފަ ކަމަށް ފެންނަނީ.

    Reply
  4. ހުސޭނު says:
    5 months ago

    ސީދާ ޒާތީ ތަޢައްސުބު އެންމެ މައްޗަށް އެކުލެވޭ ލިޔުމެއް

    Reply

Leave a Reply Cancel reply

ކިޔުންތެރިންގެ ހިޔާލު

ADVERTISEMENT

މަގުބޫލް ލިޔުންތައް

  • ޒޯޔާ ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ފުލުހުން ބުނެފި

    ޒޯޔާ ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ފުލުހުން ބުނެފި

    0 shares
    Share 0 Tweet 0
  • މިކަންކަން ދިމާވާނަމަ ތިޔައީ ލޯބިވެރިޔާ އަށް މުހިއްމު މީހެއް ނޫން

    0 shares
    Share 0 Tweet 0
  • ވިލިމާލެއިން ގެއްލިގެން ހޯދަމުން ދިޔަ ކުއްޖާ ފެނިއްޖެ

    0 shares
    Share 0 Tweet 0
  • ޑްރަގް ބޭނުންކޮށްގެން 57 އަހަރުގެ އަންހެނަކު ހައްޔަރުކޮށްފި

    0 shares
    Share 0 Tweet 0

DhiDaily©2020

No Result
View All Result
  • ފުރަތަމަ ސަފުހާ
  • ޚަބަރު
  • ރިޕޯޓް
  • ދުނިޔެ
  • ދީން
  • ވިޔަފާރި
  • ކުޅިވަރު
  • ވާހަކަ
  • މުނިފޫހިފިލުވުން
  • ތަފާތް
  • ގެލެރީ
  • ENG

DhiDaily©2020

Login to your account below

Forgotten Password?

Fill the forms bellow to register

All fields are required. Log In

Retrieve your password

Please enter your username or email address to reset your password.

Log In