މަރިޔަމް ނިޝާ ޖުމްހޫރީ ޕާޓީން ވަކިވެ އެމްޑީޕީއާ ގުޅިއްޖެ އެވެ.
ނިޝާ ޖުމްހޫރީ ޕާޓީއާ ގުޅުނީ މިދިޔަ ސެޕްޓެމްބަރު މަހުގެ 18 ވަނަ ދުވަހު އެވެ.
އޭނާ އެ ޕާޓީއާ ގުޅުނުކަން މިއަދު ހާމަކުރީ އެމްޑީޕީގެ ޑެޕިއުޓީ ޗެއާޕާސަން އިބްރާހީމް ވަހީދު (އިބުރޭ) އެވެ. ފޯމާ ހަވާލުވާ ފޮޓޯއަކާ އެކީ އޭނާ ވަނީ ނިޝާ އަށް މަރުހަބާ ވެސް ވިދާޅުވެފަ އެވެ.
މަރިޔަމް ނިޝާ ވަނީ ރާއްޖޭގެ ފިލްމީ ދާއިރާގައި އެފަދަ ދެވަނައެއް ނެތް މޮޅު ބަތަލާއެކެވެ. ގިނަ ފިލްމުތަކާއި ލަވަތަކުން މަޝްހޫރުކަން ހޯދައި، ގިނަބައެއްގެ ލޯބި ހޯދާފަ އެވެ.