ހޮނިހިރު, އޭޕްރިލް 1, 2023
DhiDaily
  • ފުރަތަމަ ސަފުހާ
  • ޚަބަރު
  • ރިޕޯޓް
  • ދުނިޔެ
  • ދީން
  • ވިޔަފާރި
  • ކުޅިވަރު
  • ވާހަކަ
  • މުނިފޫހިފިލުވުން
  • ތަފާތް
  • ގެލެރީ
  • ENG
No Result
View All Result
  • ފުރަތަމަ ސަފުހާ
  • ޚަބަރު
  • ރިޕޯޓް
  • ދުނިޔެ
  • ދީން
  • ވިޔަފާރި
  • ކުޅިވަރު
  • ވާހަކަ
  • މުނިފޫހިފިލުވުން
  • ތަފާތް
  • ގެލެރީ
  • ENG
No Result
View All Result
DhiDaily
No Result
View All Result

ހެއްކާ ބެހޭ ބިލަށް ސަރުކާރުން މިހާރު ހުށަހަޅާފައިވާ އިސްލާހުން ބިލުގެ މަޤްޞަދު ގެއްލޭ- އިންތި

އަޒްފާ ރަޝީދު ލިޔުނީ: އަޒްފާ ރަޝީދު
ނޮވެމްބަރ 7, 2022
ޚަބަރު
0
ހެއްކާ ބެހޭ ބިލަށް ސަރުކާރުން މިހާރު ހުށަހަޅާފައިވާ އިސްލާހުން ބިލުގެ މަޤްޞަދު ގެއްލޭ- އިންތި

ހެއްކާ ބެހޭ ބިލަށް ސަރުކާރުން މިހާރު ހުށަހަޅާފައިވާ އިސްލާހުން، އެ ބިލުގެ މަޤްޞަދު ގެއްލިފައިވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒް ފަހުމީ (އިންތި) ވިދާޅުވެއްޖެއެވެ.

ނޫސްވެރިންގެ މަސްދަރު ހާމަކުރަން މަޖުބޫރު ކުރާ ގޮތަށް ފާސްކޮށް ތަސްދީގުކޮށްފައިވާ ހެއްކާ ބެހޭ ގާނޫނަށް އިސްލާހު ގެނައުމަށް ސަރުކާރުގެ ފަރާތުން ހުށަހަޅުއްވާފައިވާ އިސްލާހަށް ބަހުސް ކުރައްވަމުން އިންތި ވަނީ އެ އިސްލާހަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެ ވާހަކަ ދައްކަވާފައެވެ.

ނޫސްވެރިންނަށް މަސްދަރު ހާމަކުރަން މަޖުބޫރުކުރެވޭ ގޮތަށް ފަރުމާކޮށްފައިވާ ހެއްކާ ބެހޭ ބިލު މަޖިލީހުން ފާސްކޮށް، ރައީސް އިބްރާހިމް މުހައްމަދު ޞާލިޙް ތަސްދީގުކުރައްވާފައިވަނީ މިދިޔަ ޖުލައި މަހުގެ 18 ވަނަ ދުވަހުއެވެ.

އެބިލަށް ސަރުކާރުގެ ފަރާތުން ހުށަހަޅުއްވާފައިވާ އިސްލާހަށް ބަހުސް ކުރައްވަމުން އިންތި ވިދާޅުވީ، ހެއްކާ ބެހޭ ބިލުގެ މަޤްޞަދަކީ ގައުމީ ސަލާމަތާއި ގުޅުންހުރި ޓެރަރިޒަމްގެ ބޮޑު މައްސަލައެއް ދިމާވާ ހާލަތެއްގައި އެކަމެއް ހައްލުކުރުމަށް ބޭނުންވާ މައުލޫމާތު ދެނެގަތުމަށް ނޫސްވެރިންގެ މަސްދަރު ހޯދުން ކަމަށެވެ. އެކަމަކު، މިހާރު ހުށަހަޅާފައިވާ އިސްލާހުން އެ މަގްސަދާއި ފުށުއަރާ ކަމަށް އޭނާ ގަބޫލުކުރައްވައެވެ.

”މީހެއްގެ މައްޗަށް ޖިނާއީ ދައުވާއެއް ހުށަހެޅިގެން އުޅޭ އިރެއްގައި ކޯޓެއްގެ ތެރޭގައި އެ އަމުރަށް (މަސްދަރު ހާމަކުރުމުގެ އަމުރަށް) އެދުމުގެ ވާހަކައެއް މިހާރު މި ބަޔާން ކުރަނީ. އެހެންވީމާ އެއްކަލަ ހަގީގީ މަޤްޞަދު ގެއްލިއްޖެ“ ޖާބިރު ވިދާޅުވިއެވެ.

އޭނާ ގަބޫލުކުރައްވާ ގޮތުގައި ސަރުކާރުން މިހާރު އެކުލަވާލާފައިވާ ހެއްކާ ބެހޭ ބިލު އޮތީ ވަރަށް ފުރިހަމައަށެވެ.

”މިހާރު ގާނޫނަށް ގެނެސްފައިވާ އިސްލާހުން (ހެއްކާއި ބެހޭ ގާނޫނުން) ވަރަށް ހަމަޖެހޭ އުސޫލުތަކެއް ކަނޑައެޅިފައި ވަނީ. ދެން ނޫސްވެރިން ހިތްޕުޅާ ހަމަނުޖެހުމަކީ އަދި އެހެން ކަމެއް. ނަމަވެސް ދައުލަތުގެ ދެން ހުރި ދައުލަތް ނެގެހެއްޓުމަށް މަސައްކަތް ކުރަންޖެހޭ ދައުލަތުގެ އެހެން ކަމާއިބެހޭ ފަރާތްތަކުގެ ވާހަކަތަކަކީ ވެސް އަޑުއަހަންޖެހޭ ވާހަކަތަކަކަށް ވާތީ ބެލެންސެއް ގެނެވިފަ، ރަނގަޅު ހަރުދަނާ އަދި ޑިމަކްރަޓިކް ގައުމުތަކުގައި އެކަން ކުރާ ގޮތަށް، ވަރަށް ތަފްސީލީ ގޮތެއްގައި މިހާރު އަމަލުކުރަމުން މިދާ ގާނޫނުގައި އޮތީ“ އިންތި ވިދާޅުވިއެވެ.

ހެއްކާ ބެހޭ ބިލު އޮތީ ވަރަށް ހަރުދަނާކޮށް ކަން ފާހަގަކުރައްވާ އިންތި ވަނީ އެ ބިލާ މެދު ސަރުކާރުން ދެކެމުން އައިގޮތް ބަދަލުވީ ”ނޫސްވެރިން ކޮޅެއް“ ބައްދަލުކުރެއްވުމުން ކަމަށް ވިދާޅުވެ، ސަރުކާރަށް ފާޑު ވިދާޅުވެފައެވެ.

އޭނާ ވިދާޅުވީ ސަރުކާރުން ހެއްކާ ބެހޭ ބިލެއް ހުށަހެޅީ ނޫހެއްގައި ލިޔުނު ލިޔުމެއްގެ ސަބަބުން، ގައުމީ ސަލާމަތާ ގުޅުންހުރި ބޮޑު މައްސަލައެއްގެ ތަހުގީގެއް ހިންގަން ޖެހޭ ހާލަތެއްގައި މަސްދަރު ހާމަކުރުމަށް ކަމަށެވެ. އެކަމަކު، މިހާރު ހުށަހަޅާފައިވާ އިސްލާހުން އެ މަޤްޞަދު ހާސިލުނުވާނެ ކަމަށް އޭނާ ދެކެވަޑައިގަންނަވައެވެ.

ނޫސްވެރިންގެ ކަންބޮޑުވުން، ބޮޑުވުމުން ސަރުކާރުން ބުނެފައިވަނީ އެ ބިލަށް ސަރުކާރުން ހުށަހަޅާ އިސްލާހާއެކު ނުތަނަސްވަކަމަށް ހައްލު ލިބިގެންދާނެ ކަމަށެވެ.

ނޫސްވެރިން އެދިފައިވާ ބައެއް ބަދަލުތައް ހިމަނައިގެން އެ މާއްދާ އިސްލާހު ކުރަން ހުށަހަޅާފައިވީ ނަމަވެސް، ބިލު ހުށަހަޅާފައި ވަނީ ނޫސްވެރިންގެ އެންމެ ބޮޑު ކަންބޮޑުވުން ހުރި ގައުމީ ސަލާމަތާ ބެހޭ މާއްދާ ހިމަނައިގެންނެވެ. އެހެންވެ، އަނެއްކާވެސް ނުތަނަސްކަން ވަނީ ބޮޑުވެފައެވެ.

ބިލުގައި އަލަށް ހިމަނާފައިވާ ގޮތުގައި ގައުމީ ސަލާމަތާ ގުޅުން ހުރި ކުށްތަކާއި ޓެރަރިޒަމްގެ ކުށްތައް އިތުރަށް ސާފުވާނެ ގޮތަށް ވަނި ބަޔާންކޮށްފައެވެ. އަދި، ދައުލަތް ތަމްސީލުކުރާ ޕްރޮސެކިއުޓާ ޖެނެރަލް ހުށަހަޅައިގެން، ހައި ކޯޓުން ކުރާ އަމުރެއްގެ ގޮތުގައި ނޫނީ މަސްދަރު ހާމަކުރުމުގެ އަމުރެއް ނުނެރެވޭ ގޮތަށް ވެސް ވަނީ ހިމަނައިފައެވެ.

އެކަމަކު، ގައުމީ ސަލާމަތުގެ ކުށް މާނަކުރާ ގާނޫނެއް މިވަގުތު ރާއްޖޭގައި ނެތެވެ. އެހެންވެ، ގައުމީ ސަލާމަތް މާނަކުރުން ނަހަމަ ގޮތުގައި ބޭނުން ކުރުމުގެ ފުރުސަތު އޮތުމުގެ ސަބަބުން ނޫސްވެރިންނާއި ނޫސްވެރިކަމާއި ގުޅޭ ޖަމިއްޔާތަކުން މީގެ ކުރިން ވެސް ވަނީ ވަރަށް ބޮޑަށް ނުރުހުން ފާޅުކޮށްފައެވެ.

ގުޅުންހުރި ލިޔުންތައް

ރަހީނު ކޮށްފައި ހުރި މީހަކު ސަލާމަތްކޮށްފި

ގެއްލިގެން ހޯދަމުން ދިޔަ މީހަކު މަރުވެފައި އޮއްވާ ފެނިއްޖެ

މާރޗް 31, 2023
ފޭކް ޓީޓީ ފޮނުވައިގެން ވިޔަފާރިކުރި މައްސަލަ ތަހްގީގުކުރަން އިންޓަޕޮލްގެ އެހީ ހޯދަނީ

ވަގު ޓީޓީ ފޮނުވައިގެން ބޭރުގެ ކުންފުނިތަކުން ވިޔަފާރިކުރި މީހާގެ ބަންދަށް އިތުރު 15 ދުވަސް

މާރޗް 31, 2023
ޤާސިމްގެ ސްޕެޝަލް އެންވޯއީއަކަށް އިލްހާމް އައްޔަންކޮށްފި

އާޒިމަކީ ޤާސިމްގެ އެޑްވައިޒަރުގެ މަގާމުގައި ހުންނެވި ބޭފުޅެއް ނޫން: އިލްހާމް

މާރޗް 31, 2023
ސައްހަ ނޫން ކޮންމެ ފޯމަކަށް 10،000ރ. ގެ ޖުރިމަނާއެއް

ގުރައިދޫ ދާއިރާ ބައި އިލެކްޝަން: ރަޖިސްޓްރީވެފައިވާ ތަނުގެ މައުލޫމާތާ ގުޅޭ ގޮތުން ޝަކުވާ ހުށަހެޅުމަށް ހުޅުވާލައިފި

މާރޗް 31, 2023

Leave a Reply Cancel reply

ކިޔުންތެރިންގެ ހިޔާލު

ADVERTISEMENT

މަގުބޫލް ލިޔުންތައް

  • ސަލްމާން ޙާންއަށް އެތައް ބައެއްގެ ފާޑު ކިޔުން

    ސަލްމާން ޙާންއަށް އެތައް ބައެއްގެ ފާޑު ކިޔުން

    0 shares
    Share 0 Tweet 0
  • ހަޤީޤީ ހާދިސާ: ދެމަފިރިންގެ ދާނުގައި އޮތް ޖިންނި ހަރުފަ

    0 shares
    Share 0 Tweet 0
  • ކައިޒީންގެ އުފަންދުވަސް ފާހަގަ ކުރަން މިރޭ ހަވާއަރުވަނީ

    0 shares
    Share 0 Tweet 0
  • ރެސިޕީ: ފެރާރޯ ޗީޒް ކޭކް

    0 shares
    Share 0 Tweet 0

DhiDaily©2020

No Result
View All Result
  • ފުރަތަމަ ސަފުހާ
  • ޚަބަރު
  • ރިޕޯޓް
  • ދުނިޔެ
  • ދީން
  • ވިޔަފާރި
  • ކުޅިވަރު
  • ވާހަކަ
  • މުނިފޫހިފިލުވުން
  • ތަފާތް
  • ގެލެރީ
  • ENG

DhiDaily©2020

Login to your account below

Forgotten Password?

Fill the forms bellow to register

All fields are required. Log In

Retrieve your password

Please enter your username or email address to reset your password.

Log In