ބޮލީވުޑްގެ މަޝްޙޫރު ޑައިރެކްޓަރ އަދި ޕްރޮޑިއުސަރ ކަރަން ޖޯހަރު ކާފަ އަކަށް ވެއްޖެ ކަމަށް އޭނާ ހާމަކޮށްފިއެވެ.
ކަރަން މިހެން ހާމަކޮށްފައިވަނީ ބަތަލާ އާލިއާ ބަޓް އާއި ރަންބީރު ކަޕޫރަށް އަލަތު ދަރިއެއް ލިބުމާއި އެކުގައި އޭނާގެ އިންސްޓަރ ގްރާމް އެކައުންޓު މެދުވެރިކޮށެވެ.
އެގޮތުން އާލިއާ އަކީ އޭނާގެ ދަރިއެއް ފަދަ ކުއްޖެއް ކަމަށާއި އޭނާ މިހާރުވެސް އާލިއާގެ ދަރިފުޅު ދެކިލާހިތުން ނުހުރެވޭ ކަމަށް ވެސް އޭނާ ވަނީ ހާމަކޮށްފައެވެ. އާލިއާ ވިހެއުމާއި އެކުގައި ކަރަން އަކީ ފަޙުރުވެރި ކާފައަކަށް ވާނެ ކަމަށް އޭނާ ދެކޭ ކަމަށް ވެސް ވަނީ ހާމަކޮށްފައެވެ.
އާލިއާ ބަޓް ބޮލީވުޑްއަށް ނިކުމެފައި ވަނީ ކަރަންގެ ފިލްމު ”ސްޓޫޑެންޓް އޮފް ދި އިޔާ“ އިންނެވެ. ކަރަން އަކީ ބޮލީވުޑް ތަރިންގެ ދަރިން އަށް ފިލްމުދީ އެކުދިން ފިލްމީ އިންޑަސްޓްރީ އަށް ނެރި ދާއިރާއަށް އަމިއްލައަށް އަންނަ ކުދިންއަށް ވަރަށް ބޭއިންސާފުވެރިކޮށް ކަންތައް ކުރާ މީހެއް ކަމަށް އާއްމުން ތުހުމަތު ކުރާ ފަރާތެކެވެ.