ބޮލީވުޑްގެ ބަތަލާ އާލިއާ ބަޓް އާއި ބަތަލް ރަންބީރު ކަޕޫރަށް އަންހެން ކުއްޖެއް ލިބިއްޖެއެވެ.
އިންޑިއާގެ މީޑިއާތަކުން ރިޕޯޓް ކޮށްފައިވާ ގޮތުގައި ބަނޑުގައި ރިއްސާތީ އާލިއާ ވަނީ މިއަދު ހެނދުނުގެ ވަގުތެއްގައި ކަމަށެވެ. އާލިއާގެ އަލަތު ދަރިފުޅު ވިހާފައިވަނީ މުމްބާއީގެ ރިލައިންސް ފައުންޑޭޝަން ހޮސްޕިޓަލްގަ އެވެ.
މި ހޮސްޕިޓަލް އަކީ ފިރިމީހާ ރަންބީރު ކަޕޫރުގެ ބައްޕަ ރިޝީ ކަޕޫރު ފަރުވާ ދެމުން ދަނިކޮށް މަރުވެފައިވާ ހޮސްޕިޓަލްއެވެ. މި ހޮސްޕިޓަލްގައި އާލިއާގެ ދަރިފުޅު ވިހަން ނިންމާފައިވަނީ ބައްޕަ ރިޝީ ކަޕޫރުގެ ހަނދާނުގައި ކަމަށް ވެސް މީޑިއާ ތަކުން ވަނީ ހާމަކޮށްފައެވެ.
މި ދެ ފަންނާނުން ކައިވެނި ކޮށްފައިވަނީ މި އަހަރުގެ އޭޕްރީލް މަސްތެރޭގައެވެ. އަދި މި ދެތަރިން އެއްކޮށް ފެނިގެން ދިޔަ ފުރަތަމަ ފިލްމުވެސް ނިކުމެފައިވަނީ މިއަހަރުއެވެ. އެހެން ކަމުން މި އަހަރަކީ އާލިއާއަށާއި ރަންބީރަށް ވަރަށް ހާއްސަ އަހަރެއް ކަމަށް މި ދެފަންނާނުން ވަނީ ހާމަކޮށްފައެވެ.