ޓެކްސް ނުދައްކާ ސަރުކާރުގެ ކުންފުނިތަކުގެ ނަންތައް ހާމަކުރަން ޖެހޭނެކަމަށް މާފަންނު މެދު ދާއިރާގެ މެންބަރު އިބްރާހިމް ރަޝީދު (ބޮންޑޭ) ވިދާޅުވެއްޖެއެވެ.
ސަރުކާރު ހިއްސާވާ ކުންފުނިތަކުން ޓެކުހާއި އެހެނިހެން ފީގެ ގޮތުގައި ދައުލަތަށް ދައްކަންޖެހޭ ފައިސާގެ ތެރެއިން ނުދައްކާ ހުރި ފައިސާ ވަނީ 1.3 ބިލިއަން ރުފިޔާ އަރައިފައެވެ.
ނަމަވެސް އެއީ ކޮން ކުންފުނިތަކެއް ކަމެއް މީރާއިން ހާމަކޮށްފައެއް ނުވެއެވެ. މީރާއިން ބުނީ ޓެކްސް ނުދައްކާ ފަރާތްތަކުގެ ނަންތައް ހާމަކުރާ އުސޫލުގެ ދަށުން ދައުލަތުގެ ކުންފުނިތަކުގެ ނަންތައް ނުހިމަނަން ނިންމާފައިވާ ކަމަށެވެ.
އެ ގޮތުން ބޮންޑޭ މިއަދު ވަނީ ޓެކްސް ނުދައްކާ ސަރުކާރުގެ ކުންފުނިތަކުގެ ނަންތައް ހާމަކުރަން ޖެހޭނެކަމަށް ވިދާޅުވެފައެވެ. އަދި ރައްޔިތުންނަށް ހިއްސާ ވިއްކާފައިވާ ކުންފުނިތަކުގެ ހާލަތު ބައިނަލްއަގުވާމީ ރޭޓިން އެޖެންސީތަކަށް ސިއްރު ކުރުމަށް ކުރަންމުންދާ މަސައްކަތް ސީއެމްޑީއޭ އަދި ޕީސީބީން ލަސްނުކޮށް ހުއްޓުވުމަށް ގޮވައިލައްވާފައެވެ.
އެހެންވީމާ ސަރުކާރުގެ ކުންފުނި ތަކުގެ ވަތުބަތާނަ ވެސް މިހާރު ނެތީތޯއެވެ. ދެން ސަރުކާރު ހިންގަނީ ރައްޔިތުން ފެލިއިގެންތޯއެވެ. ެ ެ