ށ.ބިލެތްފަހި އެއާޕޯޓުގެ މަސައްކަތް ލަސްތަކެއް ނުވެ ކުރިއަށްދާނެކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް މިއަދު ވިދާޅުވެއްޖެއެވެ.
ރައީސް މިހެން ވިދާޅުވީ ބިލެތްފަހި ކައުންސިލާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީއާއެކު މިއަދު ބޭއްވި ބައްދަލުވުމުގައެވެ.
އެ ބައްދަލުވުމުގައި ބިލެތްފަހީ ކައުންސިލުން ވަނީ އެއާޕޯޓުގެ މަސައްކަތް އަވަހަށް ފެށުމަށް ބޭނުންވާ ކަމުގައި ފާހަގަކުރައްވާފައެވެ.
އެ ގޮތުން ރައީސް ވަނީ އެއާޕޯޓުގެ މަސައްކަތް ލަސްތަކެއް ނުވެ ކުރިއަށްދާނެކަމަށް ވިދާޅުވެފައެވެ.
ބިލެތްފަހީގައި އެއާޕޯޓު އަޅަންނިންމިކަން ސަރުކާރުން ހާމަކުރީ 2020 ގައެވެ. އޭރު ސަރުކާރުން ބުނީ 2021 ގައި އެއާޕޯޓު ނިމޭނެ ކަމަށެވެ.