ޢަރަބިއްޔާ ސްކޫލުގެ ޕްރިންސިޕަލް މުޙައްމަދު ޝުޖާއު މަޤާމުން ވަކިކުރުމުން ސްކޫލުގެ ބެލެނިވެރިން މުޒާހަރާ ކުރަން ފަށައިފިއެވެ.
ޝުޖާއު މަޤާމުން ވަކިކޮށް ބަދަލުކުރީ ނެޝަނަލް އިންސްޓިޓިއުޓް އޮފް އެޑިއުކޭޝަނަށެވެ. އެ ގޮތުން ޢަރަބިއްޔާ ކައިރީގައި ބެލެނިވެރިން ދަނީ އިހްތިޖާޖު ކުރަމުންނެވެ.
ޝުޢޫރުތައް ފާޅުކޮށްފައިވާ ބޯޑުތައް ހިފައިގެން ބެލެނިވެރިން ތިބިއިރު ބައެއް ފަހަރަކު ބެލެނިވެރިއެއް ގެންދަނީ ވާހަކަ ދައްކަމުންނެވެ.
ސޭވް އަރަބިއްޔާގެ ނަމުގައި ހަދާފައިވާ ޓްވިޓާ އެކައުންޓަކުން ކޮށްފައިވާ ޓްވީޓެއްގައި ބުނި ގޮތުގައި ޝުޖާއު މަޤާމުން ވަކިކުރީ ބެލެނިވެރިން ކުރިއަށްގެންދާ ސޭވް އަރަބިއްޔާ ކެމްޕެއިން ހުއްޓުވަން ޝުޖާއު މަސައްކަތް ނުކުރައްވާތީ ކަމަށެވެ.