އެމްޑީޕީގެ ލީޑަޝިޕްގައި ތިބީ ވެރިކަމަކީ ސަމާސާއެއް ކަމަށް ދެކެވަޑައިގަންނަވާ ދެ ބޭފުޅުން ކަމަށް ކުރީގެ ނައިބު ރައީސް ޑރ.މުޙައްމަދު ޖަމީލް އަޙްމަދު ވިދާޅުވެއްޖެއެވެ.
ޑރ.ޖަމީލް މިރޭ ވިދާޅުވީ ރައީސް ޞާލިޙާއި ރައްޔިތުން މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދަކީ ވެރިކަމަކީ ސަމާސާއެއް ކަމަށް ދެކެވަޑައިގަންނަވާ ދެ ބޭފުޅުން ކަމަށެވެ. އަދި ރައީސް ޞާލިޙަކީ ނާގާބިލު ކަމާއި ޤައުމު ހަފުސްކޮށްލުމުގެ ނަމޫނާ ކަމަށް ޖަމީލް ވިދާޅުވިއެވެ.
”ނަޝީދު ރައްޔިތުންގެ މުސާރައިގައި އެހެން ޤައުމަކަށް މަސައްކަތް ކޮށްދިނުމުގައި. މުސާރަ ކަނޑައި ޗާޓުގެ ތެރެއަށް ގެންނަންޖެހޭ“ ޖަމީލް ވިދާޅުވިއެވެ.
ޖަމީލު އެހެން ވިދާޅުވީ ސްރީލަންކާގެ ޤައުމީ ވަފުދުގެ މެންބަރެއްގެ ގޮތުގައި ކޮޕް 27 ތަމްސީލު ކުރެއްވުމަށް ރައީސް ނަޝީދު މިޞްރަށް ވަޑައިގަތުމާ ގުޅިގެން ފާޑުކިޔުން އަމާޒުވެފައިވަނިކޮށެވެ.