އެމްޑީޕީގެ ދާއިރާތަކުގެ އިންތިޚާބަށް ކުރިމަތިލުމަށް ހުޅުވާލައިފިއެވެ.
އެމްޑީޕީގެ 4 ވަނަ ކޮންގްރެސްގައި އަސާސީ ގަވާއިދު އިސްލާހުކޮށްފައިވާއިރު ވަނީ ދާއިރާ ހިންގާ ކޮމެޓީތައް ހޮވާ ގޮތް ބަދަލުކޮށްފައެވެ.
އެ ގޮތުން އެއް ރަށަށްވުރެ ގިނަ ރަށްރަށް ހިމެނޭ ދާއިރާތަކުގެ ކޮންމެ ރަށަކުން ދާއިރާގެ ނާއިބު ރައީސްއަކާއި ސެކްރެޓަރީއަކާއި އަންހެނުންގެ ސެކްރެޓަރީއަކާއި ޒުވާނުންގެ ސެކްރެޓަރީ އެއް ހޮވަން ޖެހެއެވެ. އަދި އެއް ރަށުގައި އެއް ދާއިރާ ނުވަތަ އެއަށްވުރެ ގިނަ ދާއިރާ ހިމެނޭ ރަށްތަކުގެ ކޮންމެ ދާއިރާއަކުން އަންހެނުންގެ ސެކްރެޓަރީއަކާއި ޒުވާނުންގެ ސެކްރެޓަރީ އިންތިޚާބުކުރަން ޖެހެއެވެ.
އެމްޑީޕީން މިއަދު ބުނީ މިހާރު ހިނގަމުންދާ ދާއިރާ ހިންގާ ކޮމިޓީތަކުގެ ދައުރަށް މެންބަރުން ހޮވުމަށް ބާއްވާ އިންތިޚާބު އަންނަ ޑިސެމްބަރު 17 ގައި އޮންނާނެ ކަމަށެވެ. އަދި މަގާމުތަކަށް ކުރިމަތިލުމުގެ ސުންގަޑިއަކީ ނޮވެމްބަރު 16 ވަނަ ދުވަހުގެ މެންދުރު 2:00 ކަމަށެވެ.