ދެކުނުގެ ރަށެއްގައި ޢުމުރުން 12 އަހަރުގެ އަންހެން ކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލައެއްގައި އިންޑިއާ މީހަކު ހައްޔަރުކޮށްފިއެވެ.
މި ހާދިސާ ހިނގާފައިވަނީ ސައުތު ޕޮލިސް ރީޖަންގައި ހިމެނޭ ރަށެއްގައެވެ. ސައުތު ޕޮލިސް ރީޖަންގައި ހިމެނެނީ ގއ.އަތޮޅުން ފެށިގެން ދެކުނަށް އޮންނަ އަތޮޅުތަކެވެ.
މި މައްސަލަ ފުލުހަށް ހުށަހެޅީ މިދިޔަ ބުދަ ދުވަހުއެވެ.
ފުލުހުން މިއަދު ބުނީ އިއްޔެ އެ މައްސަލައާ ގުޅިގެން ކޯޓު ޢަމުރެއްގެ ދަށުން އިންޑިއާގެ 21 އަހަރުގެ ފިިރިހެނަކު ހައްޔަރުކޮށްފައިވާ ކަމަށެވެ. ނަމަވެސް އޭނާގެ ބަންދާމެދު ނިންމީ ކޮން ގޮތެއްކަމެއް ނުބުނެއެވެ.
ފުލުހުން ބުނީ މައްސަލަ ތަޙްޤީޤު ކުރަމުންދާ ކަމަށެވެ.
ޢިންޑިޔާ ހުރިހާރއްޔިތުންނެށްނޫން ނަމަވެސް ޜާއްޖޭގައެކިނަނަނަމުގަ ޢުޅޭއިންޑިޔާމީހުންނާހުރެ ދިވެހިންނަށް ޢުޅެންއުދަގޫވެއްޖެ
މިމަިހުންގެ ޢުދަގުލުން ސަލާމަތްވާންވެއްޖެ ސަރުކާރުން ޚަހާތަން ޙިރުވާާާލާކަމަށްވެސްނުވޭ އެއީދިވެހިންދެކެލޯބިވާތީދޯއެހެންއެވަނީ ވޯޓްހޯދަންނާންނާތި
Indiyaa veema nanhaama nukuri indiyaa vehjehyaa ok vaane haadha hehvaey