ސަރުކާރު ހިންގާ މައި ޕާޓީ, އެމްޑީޕީ އަތުން އައްޑު އަތޮޅު ބީވެއްޖެކަމަށް ކުރީގެ ރައީސް ޔާމީން ޢަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ.
ރައީސް ޔާމީން މިހެން ވިދާޅުވީ މިއަދު އައްޑޫ ސިޓީއަށް ވަޑައިގެން ފޭދޫ ރައްޔިތުންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ.
ރައީސް ޔާމީން އެ ރަށަށް ވަޑައިގަތުމުން ދެންނެވި ހޫނު މަރުހަބާއަށް ޢިޝާރަަތް ކުރައްވައި ވިދާޅުވީ އެއީ އާދަޔާ ޚިލާފު މަރުބާއެއް ކަމަށެވެ.
ރައީސް ޔާމީން ވިދާޅުވީ ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙް އެ ރަށަށް ވަޑައިގަތުމުން މެހެމާންދާރީ ކިޔާ ގޮތް ވެސް މިހާރު އެމްޑީޕީއަށް އެނގޭނެ ކަމަށާއި އެ މަނިކުފާނަށް ދެންނެވި ހޫނު މަރުހަބާ ވެސް މިހާރު އެނގޭނެ ކަމަށެވެ. އަދި އެ މަރުހަބާއިން އެނގިގެންދަނީ އައްޑޫ ސިޓީ އެ ބޭފުޅުން އަތުން ބީވެގެން ހިނގައްޖެކަމަށް ކަން ރައީސް ޔާމީން ވިދާޅުވިއެވެ.
ރައީސް ޔާމީން އައްޑުއަށް ކުރައްވާ މި ދަތުރުފުޅަކީ ރިޔާސީ ކެންޑިޑޭޓްގެ ހައިސިއްޔަތުން އެ މަނިކުފާނު އައްޑުއަށް ކުރައްވާ ފުރަތަމަ ދަތުރުފުޅެވެ.
!!YAAMEN JALAH