ހުކުރު, މާރޗް 31, 2023
DhiDaily
  • ފުރަތަމަ ސަފުހާ
  • ޚަބަރު
  • ރިޕޯޓް
  • ދުނިޔެ
  • ދީން
  • ވިޔަފާރި
  • ކުޅިވަރު
  • ވާހަކަ
  • މުނިފޫހިފިލުވުން
  • ތަފާތް
  • ގެލެރީ
  • ENG
No Result
View All Result
  • ފުރަތަމަ ސަފުހާ
  • ޚަބަރު
  • ރިޕޯޓް
  • ދުނިޔެ
  • ދީން
  • ވިޔަފާރި
  • ކުޅިވަރު
  • ވާހަކަ
  • މުނިފޫހިފިލުވުން
  • ތަފާތް
  • ގެލެރީ
  • ENG
No Result
View All Result
DhiDaily
No Result
View All Result

ނަފާ ޕްރޮގްރާމްގައި ކޮންމެ ގޭބިސީއަކަށް 150،000ރ އާއި ހަމައަށް މާލީ އެހީ ދޭނެ- އިސްލާމިކް މިނިސްޓަރު

އަޒްފާ ރަޝީދު ލިޔުނީ: އަޒްފާ ރަޝީދު
ނޮވެމްބަރ 6, 2022
ޚަބަރު
0
ނަފާ ޕްރޮގްރާމްގައި ކޮންމެ ގޭބިސީއަކަށް 150،000ރ އާއި ހަމައަށް މާލީ އެހީ ދޭނެ- އިސްލާމިކް މިނިސްޓަރު

ނަފާ ޕްއރޮގްރާމްގައި ކޮންމެ ގޭބިސީއަކަށް 150،000އާއި ހަމައަށް މާލީ އެހީ ދިނުމަށް ހަމަޖެހިފައިވާކަމަށް އިސްލާމިކް މިނިސްޓަރ ޑރ.އަޙްމަދު ޒާހިރު އަލީ ވިދާޅުވެއްޖެއެވެ.

ރާއްޖެއިން ފަޤީރުކަން ނައްތާލުމުގެ ޢަމާޒުގައި އިސްލާމިކް މިނިސްޓްރީއާއި އިކޮނޮމިކް ޑިވެލޮޕްމަންޓް ގުޅިގެން ”ޒަކާތު ނަފާ“ ޕްރޮގްރާމް ފަށުމަށް މިއަދު ބޭއްވި ޚާއްސަ ހަފްލާގައި ވާހަކަ ދައްކަވަމުން އިސްލާމިކް މިނިސްޓަރ ވިދާޅުވީ ޒަކާތު ފަންޑުން މި މަސައްކަތަށް 1.5 މިލިއަން ރުފިޔާ ކަނޑައަޅާފައިވާކަމަށެވެ.

ނަފާ ޕްރޮގްރާމްގައި އާއިލާތައް ބައިވެރިކޮށް، އާމްދަނީ ހޯދުމަށް ވިޔަފާރިއެއް ފެށޭނެ ގޮތް ހޯދައިދިނުމަށް، ބީސީސީއާއި އެގްރޯނެޓް އަދި ކައުންސިލްތައް ގުޅިގެން ވަނީ މަސައްކަތްތައް ފަށާފައެވެ. ވިޔަފާރިއެއް ކުރެވޭނެ ހާލަތެއްގައި ނެތް އާއިލާތަކަށް، އެމީހުން ދިރިއުޅޭ ގޭ ގެއިން ކުއްޔަށް ދިނުމަށް ކޮޓަރި ހަދާ، ދޫކުރުންފަދަ އެހީތައްވެސް މީގެތެރޭގައި ހިމެނެއެވެ.

ސަރުކާރުން ޢަމާޒު ހިފާފައިވަނީ ކުރިއަށް އޮތް މަހެއްހާ ދުވަހުގެ ތެރޭގައި މިކަމުގެ ޢަމަލީ މަސައްކަތްތައް ރަށްރަށުގައި ފެށުމަށެވެ.

ޒަކާތު ނަފާ“ ޕްރޮގްތާމަކީ އެފަދަ އާއިލާތަކަށް މާލީ އެހީ ފޯރުކޮށްދީ، ވިޔަފާރިއެއް ފެނޭނެ މަގު ތަނަވަސްކުރުމަށް ފަށާ ބޮޑު ޕްރޮގްރާމެކެވެ.

ނަފާ ޕްރޮގްރާމާއި ގުޅޭ މަޢުލޫމާތު ޙިއްސާކުރައްވަމުން އިސްލާމިކް މިނިސްޓަރ އިތުރަށް ވިދާޅުވީ، ޕްރޮގްރާމް ކުރިއަށްގެންދަނީ އެކި ފިޔަވައްސަށް ބަހާލައިގެންކަމަށެވެ. ފުރަތަމަ ފިޔަވަހީގައި މި ޕްރޮގްރާމްގައި ބައިވެރިކުރަނީ، އެ ރަށެއްގައި ފަގީރު ގޭބިސީ 10އަކަށް ވުރެ ދަށް ރަށްތަކަށެވެ. ފަގީރު ގޭބިސީ 10އަކަށް ވުރެ ދަށް 96 ރަށް ރާއްޖޭގައި އެބައޮތެވެ. ފުރަތަމަ ބުރުގައި މި ރަށްތަކުގެ 350 ގޭބިސީ ހިމެނެއެވެ. އެއީ ފަގީރުންގެ އާބާދީގެ 1077 އެވެ.

”މިއީ ރާއްޖެއިން ފަގީރުކަން ނައްތާލުމަށް ހިންގާ ޕްރޮގްރާމެއް. ހަމައެކަނި މާލީ އެހީއެއް ނޫން ދެނީ. ބޭނުންވާ ތަކެއްޗާ، ޓެރެއިނިން އާއި، އަދި ވިޔަފާރިތަކުން އުފައްދާ ތަކެތި ވިއްކޭނެ މަގުވެސް ފަހިކޮށްދޭނަން.“ މިނިސްޓަރ ވިދާޅުވިއެވެ.

”ޒަކާތު ނަފާ“ ޕްރޮގްރާމް މިއަދު ފަށފައިވާއިރު، މިއީ އެފަދަ އާއިލާތައް އަމިއްލައަށް ވިޔަފާރިކޮށް، މަންފާ ހޯދޭނެ ގޮތެއް ހޯދައިދިނުމަށް އިސްލާމިކް މިނިސްޓްރީއާއި އިކޮނޮމިކް ޑިވެލޮޕްމަންޓް، ބިޒްނަސް ސެންޓަރ ކޯޕަރޭޝަން އަދި އެގްރޯ ނޭޝަނަލް ކޯޕަރޭޝަނާ ގުޅިގެން ކުރިއަށްދާ ޕްރޮގްރާމެކެވެ.

މިޕްރޮގްރާމްގެ އެއްބަސްވުމުގައި މިއަދު ސޮއިކޮށްފައިވާއިރު، އިސްލާމިކް މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ޕަރމަނަންޓް ސެކްރެޓަރީ އަޙުމަދު އާދިލްއެވެ. އިކޮނޮމިކް މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ޕަރމަނަންޓް ސެކްރެޓަރީ ޔޫސުފް ރިޒާ، އެގްރޯނެޓްގެ ފަރާތުން ޑެޕިއުޓީ އެމްޑީ މުޙައްމަދު އަޙުމަދުފުޅު އަދި ބިޒްނަސް ސެންޓަރ ކޯޕަރޭޝަންގެ ފަރާތުން ޑިރެކްޓަރ އޮފް އޮޕަރޭޝަންސް ޢަލީ އާނިފް ވަނީ ސޮއިކޮށްފައެވެ.

”ޒަކާތު ނަފާ“ ޕްރޮގްރާމަކީ ރާއްޖޭގައި ފަގީރުންގެ އާބާދީ ނައްތާލުމަށް ފަށާ މިފަދަ އެންމެ ބޮޑު ޕްރޮގްރާމެވެ. މި ޕްރޮގްރާމް ކުރިއަށްގެންދަނީ 2021ވަނަ އަހަރުގެ ފަގީރުގެ ދަފްރަތުގައި ތިބި މީހުންނަށެވެ. ރާއްޖޭގެ ފަޤީރުންގެ ދަފްތަރުގައި 7763 މީހުން ހިމެނެއެވެ.

މި ޕްރޮގްރާމްގެ ދަށުން ދޫކުރާ އެހީއަކީ ހިލޭ އެހީއެވެ. ކާމިޔާބުކަމާއެކު ކުރިއަށް ގެންގޮސް ފުރަތަމަ ފިޔަވަހީގެ މަސައްކަތް ނިމޭއިރު، ފަގީރުންގެ ލިސްޓުން ރާއްޖޭގެ 96 ރަށް އުނިވާނެއެވެ. ރާއްޖޭގައި ބައެއް ރަށްތަކުގައި ފަގީރުންގެ އާބާދީ، 50 ގޭބިސީން މަތީގައިވެސް އެބަހުއްޓެވެ. ރޮގްރާމްގެ އެންމެ ފަހު ފިޔަވަހިތަށް ޢަމާޒުކުރާނީ ފަގީރުންގެ އާބާދީ ބޮޑު ރަށްތަކަށެވެ. ”ޒަކާތު ނަފާ“ ޕްރޮގްރާމްގެ އުސޫލުވަނީ ގެޒެޓްކޮށްފައެވެ.

ގުޅުންހުރި ލިޔުންތައް

ރަހީނު ކޮށްފައި ހުރި މީހަކު ސަލާމަތްކޮށްފި

ގެއްލިގެން ހޯދަމުން ދިޔަ މީހަކު މަރުވެފައި އޮއްވާ ފެނިއްޖެ

މާރޗް 31, 2023
ފޭކް ޓީޓީ ފޮނުވައިގެން ވިޔަފާރިކުރި މައްސަލަ ތަހްގީގުކުރަން އިންޓަޕޮލްގެ އެހީ ހޯދަނީ

ވަގު ޓީޓީ ފޮނުވައިގެން ބޭރުގެ ކުންފުނިތަކުން ވިޔަފާރިކުރި މީހާގެ ބަންދަށް އިތުރު 15 ދުވަސް

މާރޗް 31, 2023
ޤާސިމްގެ ސްޕެޝަލް އެންވޯއީއަކަށް އިލްހާމް އައްޔަންކޮށްފި

އާޒިމަކީ ޤާސިމްގެ އެޑްވައިޒަރުގެ މަގާމުގައި ހުންނެވި ބޭފުޅެއް ނޫން: އިލްހާމް

މާރޗް 31, 2023
ސައްހަ ނޫން ކޮންމެ ފޯމަކަށް 10،000ރ. ގެ ޖުރިމަނާއެއް

ގުރައިދޫ ދާއިރާ ބައި އިލެކްޝަން: ރަޖިސްޓްރީވެފައިވާ ތަނުގެ މައުލޫމާތާ ގުޅޭ ގޮތުން ޝަކުވާ ހުށަހެޅުމަށް ހުޅުވާލައިފި

މާރޗް 31, 2023

Leave a Reply Cancel reply

ކިޔުންތެރިންގެ ހިޔާލު

ADVERTISEMENT

މަގުބޫލް ލިޔުންތައް

  • ސަލްމާން ޙާންއަށް އެތައް ބައެއްގެ ފާޑު ކިޔުން

    ސަލްމާން ޙާންއަށް އެތައް ބައެއްގެ ފާޑު ކިޔުން

    0 shares
    Share 0 Tweet 0
  • ހަޤީޤީ ހާދިސާ: ދެމަފިރިންގެ ދާނުގައި އޮތް ޖިންނި ހަރުފަ

    0 shares
    Share 0 Tweet 0
  • ކައިޒީންގެ އުފަންދުވަސް ފާހަގަ ކުރަން މިރޭ ހަވާއަރުވަނީ

    0 shares
    Share 0 Tweet 0
  • ރެސިޕީ: ފެރާރޯ ޗީޒް ކޭކް

    0 shares
    Share 0 Tweet 0

DhiDaily©2020

No Result
View All Result
  • ފުރަތަމަ ސަފުހާ
  • ޚަބަރު
  • ރިޕޯޓް
  • ދުނިޔެ
  • ދީން
  • ވިޔަފާރި
  • ކުޅިވަރު
  • ވާހަކަ
  • މުނިފޫހިފިލުވުން
  • ތަފާތް
  • ގެލެރީ
  • ENG

DhiDaily©2020

Login to your account below

Forgotten Password?

Fill the forms bellow to register

All fields are required. Log In

Retrieve your password

Please enter your username or email address to reset your password.

Log In