ހުކުރު, މާރޗް 24, 2023
DhiDaily
  • ފުރަތަމަ ސަފުހާ
  • ޚަބަރު
  • ރިޕޯޓް
  • ދުނިޔެ
  • ދީން
  • ވިޔަފާރި
  • ކުޅިވަރު
  • ވާހަކަ
  • މުނިފޫހިފިލުވުން
  • ތަފާތް
  • ގެލެރީ
  • ENG
No Result
View All Result
  • ފުރަތަމަ ސަފުހާ
  • ޚަބަރު
  • ރިޕޯޓް
  • ދުނިޔެ
  • ދީން
  • ވިޔަފާރި
  • ކުޅިވަރު
  • ވާހަކަ
  • މުނިފޫހިފިލުވުން
  • ތަފާތް
  • ގެލެރީ
  • ENG
No Result
View All Result
DhiDaily
No Result
View All Result

ޒަކާތު ނަފާ ޕްރޮގްރާމުން 96 ރަށަކުން ފަގީރުކަން ނައްތާލެވޭނެ: ފައްޔާޒު

އަޒްފާ ރަޝީދު ލިޔުނީ: އަޒްފާ ރަޝީދު
ނޮވެމްބަރ 6, 2022
ފީޗަރ, ޚަބަރު
0
ޒަކާތު ނަފާ ޕްރޮގްރާމުން 96 ރަށަކުން ފަގީރުކަން ނައްތާލެވޭނެ: ފައްޔާޒު

އިކޮނޮމިކް މިނިސްޓްރީއާއި އިސްލާމިކް މިނިސްޓްރީ ގުޅިގެން ހިންގާ ޒަކާތު ނަފާ ޕްރޮގްރާމްގެ ފުރަތަމަ ފިޔަވައްސާއެކު 96 ރަށަކުން ފަގީރުކަން ނައްތާލެވޭނެކަމަށް އިކޮނޮމިކް މިނިސްޓަރ ފައްޔާޒު އިސްމާއިލް ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ ޒަކާތު ނަފާ ޕްރޮގްރާމް ޓްރައި ޕާޓީ ފަހުމުނަމާގައި ސޮއިކުރެއްވުމާއި މި ޕްރޮގްރާމާ ގުޅޭ މައުލޫމާތު ނޫސްވެރިންނަށް ދެއްވުމަށް މިއަދު ބޭއްވި ބައްދަލުކުރެއްވުމުގައެވެ.

އިކޮނޮމިކް މިނިސްޓަރ ފައްޔާޒު އިސްމާއިލް ވިދާޅުވީ ޒަކާތު ނަފާ ޕްރޮގްރާމް ފެށުމަށް އިކޮނޮމިކް މިނިސްޓްރީއާއި އިސްލާމިކް މިނިސްޓްރީ ގުޅިގެން މަސައްކަތްކުރާތާ މިހާރު އަހަރަކަށްވުރެ ގިނަ ދުވަސްވެއްޖެކަމަށެވެ. އަދި މިކަމުގައި ވިސްނުން ބެހެއްޓީ ޒަކާތު ފަންޑުގެ ފައިސާ ފަގީރުންނަށް ދިނުމުގައި މިހާރަށްވުރެ ބިނާކުރަނިވި ގޮތަކަށް މިކަން ކުރުމަށްކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.

”ފައްޔާޒު ވިދާޅުވީ މިކަމުގައި އެންމެ ބޮޑަށް ބެލީ ރާއްޖޭގައި އޮތް ފަގީރުންގެ ލިސްޓުން މީހުން މަދުކުރެވޭނެ ގޮތެއް ހޯދުމަށްކަމަށެވެ. ދެ މިނިސްޓްރީއާއި، އިކޮނޮމިކް މިނިސްޓްރީގެ ދަށުން ހިނގާ އެގްރޯނެޓްގެ ޓީމާއި ބީސީސީއާއި، އެހެނިހެން ކުންފުނިތަކާއި އެއްކޮށް މަސައްކަތްކުރަމުން މިދިޔައީ ދިވެހިރާއްޖޭގައި ފަގީރުންގެ އެ ލިސްޓު އެއްކޮށް ހުސްކޮށްލެވޭނެ ގޮތަކީ ކޮބައިތޯ؟ ފަގީރުން ރާއްޖޭގައި ނުތިބޭނެ ގޮތެއް ހޯދުމަކީ އަޅުގަނޑުމެންގެ އަމާޒަކީ. އެހެންވީމަ އެކަމުގައި ދައުލަތަށް ކީއްތޯ ކުރެވޭނީ އަދި ޒަކާތު ފައިސާ އެކަން ހާސިލުކުރަން ބޭނުންކުރާނީ ކިހިނެތްތޯ“ ފައްޔާޒު ވިދާޅުވިއެވެ.

ފައްޔާޒު ވިދާޅުވީ ރަށްރަށުގައި ތިބި ފަގީރުންނަށް އެހީތެރިވެދީ، އެމީހުން އަމިއްލަ ފައި މައްޗަށް ތެދުވާން އެހީތެރިވުމަށް ކުރެވޭނެ ކަންކަމާއި ގުޅޭގޮތުން ކައުންސިލްތަކާއިވެސް މަޝްވަރާކުރެއްވިކަމަށެވެ. އަދި ސަރުކާރުގެ މައިގަނޑު ބޭނުމަކީ ފައިސާއެއް ދީފައި އެހާހިސާބުން ދޫކޮށްލުން ނޫންކަމަށާއި ފައިސާ ދީފައި އޭގެ އަސްލު ބޭނުމާއި ހަމައަށް ދެވެންދެން އެކަމުގައި ސަރުކާރުން އެހީތެރިވެދޭނޭކަމަށެވެ.

ފައްޔާޒު ވިދާޅުވީ ފަގީރުކަމަކީ އިޖްތިމާއީ ގިނަ މައްސަލަތަކަކާއި ގުޅިފައިވާކަމެއްކަމަށެވެ. އަދި ފަގީރުކަން ނައްތާލެވެނީ އިޤްތިޞާދީގޮތުން ފުދުންތެރިކަން އައިސްގެންކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

”އަޅުގަނޑުމެން ކަނޑައެޅި 10 ގޭބީސީއަށްވުރެ އިތުރުނުވާ ގޮތަށް ހުރި ރަށްރަށް ފާހަގަކޮށް މި ޕްރޮގްރާމް ފަށަން. އޭރުން 96 ރަށެއް އެބަ ކަވަރކުރެވޭ. އަމާޒަކީ ފުރަތަމަ ފިޔަވަހީގައި މި 96 ރަށަށް އަމާޒުކޮށްގެން މި ޕްރޮގްރާމް ހިންގާ ނިމޭއިރު 96 ރަށުގައި ފަގީރުންނެއް ނުތިބޭނެ. ދެވަނަ ފިޔަވަހީގައި 46 ރަށަކަށް އަމާޒުކުރާނެ. މައިގަނޑު ބޭނުމަކީ އެފަދަ ފަރާތްތަކަށް ދައުލަތުގެ ހުރިހާ ވަސީލަތްތަކެއް ބޭނުންކޮށްގެން ފަގީރުން އެ ހާލަތުން އެހެން ހާލަތަކަށް ގެންދިއުން“ ފައްޔާޒު ވިދާޅުވިއެވެ.

ފައްޔާޒު ވިދާޅުވީ ޒަކާތު ނަފާ ޕްރޮގްރާމަކީ އިސްލާމިކް މިނިސްޓްރީއާއި އިކޮނޮމިކް މިނިސްޓްރީ ގުޅިގެން ވަރަށް ބުރަކޮށް ކުރި މަސައްކަތަކުން ޤާއިމްކުރެވުނު ޕްރޮގްރާމެއްކަމަށާއި އަމާޒަކީ ވީހާވެސް އަވަހަށް މިކަން ފެށި، މިކަމުގެ ފައިދާކުރުންކަމަށެވެ. އަދި މި ޕްރޮގްރާމްގެ ތެރެއިން ހާލަތު ރަނގަޅު ހިސާބަކަށްދާ ފަރާތްތަކަށް ސަރުކާރުން ވިޔަފާރިވެރިންނަށް ހިންގާ ސްކީމެއްގެ ތެރެއިން އިތުރަށް ވިޔަފާރީގެ ދާއިރާއިން ކުރިއަށްދިއުމަށް އެހީތެރިވެދޭނެކަމަށްވެސް ފައްޔާޒު ވިދާޅުވިއެވެ.

Tags: އިކޮނޮމިކް މިނިސްޓަރ ފައްޔާޒު އިސްމާއިލްފައްޔާޒު އިސްމާއިލްފަގީރުޒަކާތް

ގުޅުންހުރި ލިޔުންތައް

އެމްއެމްޕީއާރްސީގެ ޚިޔާނާތް: ސަރުކާރަށް ނިސްބަތްވާ މީހުންގެ މައްސަލަތައް ނުބަލާކަމަށް ވިދާޅުވެއްޖެ

ޝަރުއީ ނިޒާމަށް ނުފޫޒު ފޯރުވޭވަރަށްވުރެ ސަރުކާރު ބަލިކަށިވެއްޖެ: އާދަމް ޝަރީފް

މާރޗް 23, 2023
ޖޭޕީން ވާދަކުރަން ނިންމީ މި ސަރުކާރުގެ އަމަލުތަކާ ހެދި ގައުމު އަޅުވެތިވެދާނެތީ: އިޤްބާލް

ރާއްޖޭގެ މިސްރާބު ހުރީ އަޅުވެތިކަމާ ދިމާއަށް: އިޤްބާލު

މާރޗް 23, 2023
ރައްޔިތުންނަށް ކަންކަން އޮޅޭ އެންމެ ބޮޑު ސަބަބަކީ ސިޔާސީ ބޭފުޅުން ދެއިރު ދެގޮތަށް ވާހަކަ ދެއްކެވުން: ނަޝީދު

ޓްރާންސެކްޝަނަލް އުސޫލުން ވޯޓު ހޯދަން އުޅުމަކީ ވޯޓު ގަންނަން އުޅުން: ނަޝީދު

މާރޗް 24, 2023
ޢަރަބިއްޔާގެ ކަންބޮޑުވުންތައް ހާމަކޮށްފި

ޢަރަބިއްޔާގެ ދަރިވަރުން މޫނު ނަގަން އަންގާތީ ޖަމްއިއްޔާތަކުން ކަންބޮޑުވުން ފާޅުކޮށްފި

މާރޗް 23, 2023

Leave a Reply Cancel reply

ކިޔުންތެރިންގެ ހިޔާލު

ADVERTISEMENT

މަގުބޫލް ލިޔުންތައް

  • ޒޯޔާ ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ފުލުހުން ބުނެފި

    ޒޯޔާ ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ފުލުހުން ބުނެފި

    0 shares
    Share 0 Tweet 0
  • މިކަންކަން ދިމާވާނަމަ ތިޔައީ ލޯބިވެރިޔާ އަށް މުހިއްމު މީހެއް ނޫން

    0 shares
    Share 0 Tweet 0
  • ވިލިމާލެއިން ގެއްލިގެން ހޯދަމުން ދިޔަ ކުއްޖާ ފެނިއްޖެ

    0 shares
    Share 0 Tweet 0
  • މަރާލާފައިވާ އަންހެނެއްގެ ހަށިގަނޑު ރޭލު ސްޓޭޝަނެއްގައި ބަހައްޓާފައި ހުރި ކުނިއަޅާ އެއްޗެއްގެ ތެރެއިން ފެނިއްޖެ

    0 shares
    Share 0 Tweet 0

DhiDaily©2020

No Result
View All Result
  • ފުރަތަމަ ސަފުހާ
  • ޚަބަރު
  • ރިޕޯޓް
  • ދުނިޔެ
  • ދީން
  • ވިޔަފާރި
  • ކުޅިވަރު
  • ވާހަކަ
  • މުނިފޫހިފިލުވުން
  • ތަފާތް
  • ގެލެރީ
  • ENG

DhiDaily©2020

Login to your account below

Forgotten Password?

Fill the forms bellow to register

All fields are required. Log In

Retrieve your password

Please enter your username or email address to reset your password.

Log In