ކުޅުދުއްފުށި ސިޓީގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފިއެވެ.
އެކްސިޑެންޓް ވެފައިވަނީ ކުޅުދުއްފުށީ އުތުރު ބަނދަރު ސަރަހައްދުގައި އެމް.ޓީ.ޓީ.ސީ ޑަމްޕް ޓްރަކް އަކާއި ޓެކްސީ ކާރެކެވެ.
މި އެކްސިޑެންޓުގައި، ޓެކްސީގެ ކުރީ ކޮޅުން ފެށިގެން ވަރަށް ބޮޑަށް ގެއްލުން ވެފައިވެއެވެ. މި އެކްސިޑެންޓު ހިނގި ވަގުތު ޓެކްސީގައި އިނީ ޑްރައިވަރު އެކަންޏެވެ. އަދި މި އެކްސިޑެންޓުގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައެއް ނުވެއެވެ.


ފުލުހުން ދަނީ މި އެކްސިޑެންޓު ހިނގި ގޮތް ތަޙްޤީޤު ކުރަމުންނެވެ.