ބޮލީވުޑްގެ ބަތަލް ވަރުން ދަވަން އަށް ފިލްމު ކުޅެން ބޭނުން ވަނީ އާލިއާ ބަޓް އާއި އެކު ކަމަށް އޭނާ ހާމަކޮށްފިއެވެ.
މި ފަހުން ވަރުން ހާމަކޮށްފައިވާ ގޮތުގައި އޭނާ އާއި އާލިއާގެ ކެމިސްޓްރީއަކުން މުޅިން ތަފާތު ކެމިސްޓްރީ އެއް ކަމަށާއި އާލިއާ އެކުގައި އޭނާ ކުޅޭ ފިލްމެއް ފްލޮޕްވެގެން ވެސް ނުދާ ކަމަށެވެ.
އެގޮތުން ވަރުން އާލިއާގެ އެކު ލިބޭ ފުރުސަތެއް ދޫނުކުރާ ކަމަށާއި އެ ފިލްމަކީ ކާމިޔާބު ފިލްމަކަށް ވެގެން ދާނެ ކަން ފިލްމު ލިބޭ އިރުވެސް އޭނާއަށް އިނގޭ ކަމަށެވެ. މީގެ ސަބަބަކީ އާލިއާގެ އެކްޓިންގެ މޮޅު ކަމުން ކަމަށް ވެސް ވަނީ ބުނެފައެވެ.
ވަރުން އާއި އާލިއާ ބޮލީވުޑްއަށް ތައާރަފް ވެފައިވަނީ ”ސްޓޫޑެންޓް އިފް ދި އިޔާ“ އިންނެވެ. އެ ފަހުން މި ދެތަރިން އެއްކޮށް ވަނީ ”ހަމްޓީ ޝަރްމާ ކި ދުލްހަނިޔާ“ ”ބަދްރީނާތް ކީ ދުލްހަނިޔާ“ އަދި ”ކަލަންކް“ އިން ފެނިގެން ގޮސްފައެވެ.