ބޮލީވުޑްގެ ބަތަލާ ކެޓްރީނާ ކެއިފް ލީޑް ރޯލުން ފެނިގެން ދިޔަ ފިލްމު “ ފޯނު ބޫތު“ އާއްމުން ހީކުރި ވަރެއް ނޫން ކަމަށް ފިލްމުބެލުންތެރިން ހާމަކޮށްފިއެވެ.
މި ފިލްމަކީ ހެއްވާ މަޖާ އަދި ބިރުވެރި ހާދިސާ ތަކެއްގެ މައްޗަށް ބިނާ ކޮށް އުފައްދާފައިވާ ފިލްމެކެވެ. މި ފިލްމުގެ ޕްރޮމޯޝަން އިވެންޓުތަކުގައި ވަނީ މި ފިލްމުގެ މަޖާ ވާހަކަ އާއި ބިރުވެރި ވާހަކަ އަކީ މީގެ ކުރިން ފެނިފައި ނުވާ ކަހަލަ މަންޒަރު ތަކެއް ކަމަށް ހާމަކޮށްފައެވެ.
ނަމަވެސް ހީކުރި ގޮތާއި މި ފިލްމު ހިލާފު ކަމަށާއި މި ފިލްމަކީ ވަރަށް އޯވާ އެކްޓިންއެއް ފެނިގެން ދިޔަ ފިލްމެއް ކަމަށް ބުނެ އާއްމުންގެ ގިނަ ބަޔަކު ދަނީ ފާޑު ކިޔަމުންނެވެ. މި ފިލްމުގައި ކެޓްރީނާގެ އިތުރުން ސިދާންތު އާއި އިޝާން ވެސް ލީޑް ރޯލުން ފެނިގެން ދާނެއެވެ.
މި ފިލްމަކީ ބިރުވެރި މަޖާ ހާދިސާއެއްގެ މައްޗަށް ބިނާކޮށް މިއަހަރު ނެރުން 2 ވަނަ ފިލްމެވެ. މީގެ ކުރިން ނެރުން ”ބޫލްބުލައްޔާ 2“ ވަނީ ބޮކްސް އޮފީހުގައި ބޮޑު ކާމިޔާބެއް ހޯދައިފައެވެ.