ސްރީލަންކާގެ ޤައުމީ ވަފްދުގެ މެންބަރެއްގެ ގޮތުގައި ކޮޕް 27 ގައި ބައިވެރިވެވަޑައިގަތުމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު މިޞްރަށް ވަޑައިގަތުމުން ކުރީގެ އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް ޑރ.ފައިރޫޝް ސުވާލު އުފައްދަވައިފިއެވެ.
ރައީސް ނަޝީދު އެ ޤައުމަށް ފުރާވަޑައިގަތީ އިއްޔެގައެވެ.
މި މަހުގެ ނުވަވަނަ ދުވަހުގެ ނިޔަލަށް ކުރައްވާ މި ދަތުރުފުޅުގައި ނަޝީދު ކޮޕް 27 ގައި ބައިވެރިވެވަޑައިގަތުމަށް ހަމަޖެހިފައިވަނީ ޑިމޮކްރެޓިކް ސޯޝަލިސްޓް ރިޕަބްލިކް އޮފް ސްރީލަންކާގެ ޤައުމީ ވަފުދުގެ މެންބަރެއްގެ ގޮތުގައެވެ.
އެ ގޮތުން ޑރ.ފައިރޫޝް ކުރެއްވި ޓުވީޓެއްގައި ވަނީ ރައްޔިތުންގެ މަޖިލީހުގައި ނަޝީދު ތަމްސީލު ކުރައްވައި، ކުރިއަރުވަނީ ދިވެހިންގެ މަސްލަހަތުތޯ ސުވާލު ކުރައްވައިފައެވެ.
”މިހާ ހިސާބުން އުފެދޭ ސުވާލަކީ ރައްޔިތުންގެ މަޖިލީހުގައި އެމަނިކުފާނު ތަމްސީލު ކުރައްވައި ކުރިއަރުވަނީ ދިވެހިންގެ މަސްލަހަތުތޯ ނޫނީ އެހެން ޤައުމެއްގެ ނުވަތަ އެހެން ބައެއްގެ މަސްލަހަތުތޯ.“
ފައިރޫޝްގެ އިތުރުން އެހެން ބޭފުޅުން ވެސް ގެންދަވަނީ މި މައްސަލައިގައި ނަޝީދަށް ފާޑުވިދާޅުވަމުންނެވެ.
އަދި ރައީސުލް ޖުމްހޫރިއްޔާ ވެސް އެހެން ގައުމެއް ތަމްސީލު ކުރާ މަންޒަރު ބަލާހިތްވޭ