މިއަދު ކުރިއަށްދިޔަ ދެ ބައި އިލެކްޝަނުން ބަލިވުމުން ދެރަ ކަމަށާއި, ބައެއް ކަންކަން ރަނގަޅު ކޮށްލާފައި ބަދަހިކޮށް ޖެއްސުމުން ކުރިއަށް އޮތް ތަން ރަނގަޅުވާނެ ކަމަށް އެމްޑީޕީގެ ކެމްޕެއިން ކޮމިޓީގެ ޗެއާ, ޔޫތު މިނިސްޓަރު އަޙްމަދު މަހްލޫފް މިރޭ ވިދާޅުވެއްޖެއެވެ.
ނ.މަގޫދޫ ކައުންސިލަށް އަންހެން މެންބަރަކު އިންތިޚާބު ކުރުމަށާއި ލ.ކަލައިދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީއަށް މެންބަރަކު ހޮވުމަށް މިއަދު ބޭއްވި ދެ އިންތިޚާބު ވެސް ކާމިޔާބުކުރީ ޕީޕީއެމްއިންނެވެ.
”““އެމްޑީޕީ އަށް ނާކާމިޔާބު ދުވަހެއް. 9 ވޯޓުން ނ. މަގޫދޫ ބައި އިލެކްޝަން ކާމިޔާބު ކުރެއްވި ޔުމްނާ އަށް މަރުހަބާ. އަދި 4 ވޯޓުން ކަލައިދޫގެ ގޮނޑި ކާމިޔާބުކުރެއްވި ޝާފިޔާއަށް މަރުހަބާ. އެމްޑީޕީގެ ކެންޑިޑޭޓުން އަދި ކެމްޕޭން ޓީމުތަކުން ކުރެއްވި ބުރަ މަސައްކަތަށް ޝުކުރިއްޔަާ.“ މިރޭ އިރާކޮޅު މަހްލޫފް ވިދާޅުވިއެވެ.
މަހްލޫފް ދެންމެ ވިދާޅުވީ ކިތަންމެ ފަރަގު ކުޑަކޮށްވިޔަސް މިއަދު ބަލިވީމަ ދެރަ ކަމަށެވެ. ނަމަވެސް މި ފަހުން ބޭއްވި 8 ބައި އިލެކްޝަންގެ ތެރެއިން 5 ގޮނޑި އެމްޑީޕީއަށް ކާމިޔާބުވެފައިވާކަމީ ހަގީގަތް ކަމަށް އޭނާ ވިދާޅުވިއެވެ.
މަހްލޫފު ވިދާޅުވީ ”ބައެއް ކަންކަން ރަނގަޅު ކޮށްލާފައި ބަދަހިކޮށް ޖެއްސީމަ އިރާދަކުރެއްވިއްޔާ އަދިވެސް ފަސޭހަކޮށް ކާމިޔާބުކުރެވޭނެ“ ކަމަށެވެ.
ﷲތައާލާ ނަހީކުރެއްވި ކަންތައް ކުރާ އަދި އެއިލާހުގެ ވަހީ ބަސްފުޅު ދޮގު ކުރާ އެމްޑީޕީޔައް ރަގަޅުގޮތެއް ވާނެ ކަމައް ދެކޭނީ ހާދަހާ ތާކުން ތާކު ނުޖެހުނީމާ ދޯ