ފުލުހުންގެ ބެލުމުގެ ދަށުގައި ހުއްޓާ މަރުވި ގދ.ހޯޑެއްދޫ ރަޝީދު (މާޓީ) ގެ ޖަނާޒާ ބާއްވައިފިއެވެ.
ރަޝީދުގެ ހަށިގަނޑު ޕޯސްޓްމޯޓަމް ހަދަން އިންޑިއާއަށް ފޮނުވީ މިދިޔަ މަހުގެ 31 ގައެވެ.
އޭނާގެ ހަށިގަނޑު ރާއްޖެ ގެނެސް ޖަނާޒާގެ ކަންކަން ކުރިއަށް ގެންދިޔައީ މިއަދު މަޣްރިބު ނަމާދަށްފަހު އާސަހަރާގައެވެ. އެ ޖަނާޒާގައި ގިނަ ޢަދަދެއްގެ ބަޔަކު ބައިވެރިވިއެވެ.
ޕޯސްޓް މޯޓަމް ހަދާފައިވީ ނަމަވެސް ފުލުހުން އަދި ނަތީޖާ ހާމަކޮށްފައެއް ނުވެއެވެ.
ރަޝީދު މަރުވީ ފުލުހުން އޭނާ ހައްޔަރުކޮށްގެން އެހެން ރަށަކަށް ގެންދަން ލޯންޗަށް އެރުވި ވަގުތު މެއަށް އެރި ތަދަކާ ގުޅިގެންނެވެ. ރަޝީދު މެއަށް ތަދުވާ ވާހަކަ ބުނުމުން ވެސް ފުލުހުން އެކަމާ އަޅައިނުލާކަމަށް ޢާއިލާއިން ބުނެއެވެ.
ތިޔަ މަރާއި ތިޔަ ޕޯސްޓް މޯޓަމަކީ ވެސް ފޭކް.