2023 ގައި ބާއްވާ ރިޔާސީ އިންތިޚާބުގައި އިންޑިއާ ބަލިކުރައްވާނެކަމަށް ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް ކުރީގެ ރައީސް ޔާމީން ޢަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ.
އިދިކޮޅު ކޯލިޝަނުން މިއަދު ބޭއްވި އެތެރޭގެ އިންތިޚާބުގައި މާލޭގައި ވޯޓުލާ މަރުކަޒު، ހެންވޭރު ދަނޑަށް ވަޑައިގެން ނޫސްވެރިންނަށް މަޢުލޫމާތު ދެއްވަމުން ރައީސް ޔާމީން ވިދާޅުވީ އެތެރޭގެ އިންތިޚާބުގެ ބޭނުމަކީ އަންނަ ރިޔާސީ އިންތިޚާބަށް ތައްޔާރުވުން ކަމަށެވެ. އަދި ކުރިމަތީގައި މި އޮތީ ރިޔާސީ އިންތިޚާބު ކަމަށާއި އެ އިންތިޚާބުގައި އިންޑިއާ ބަލިކުރައްވާނެކަމަށް ވެސް ރައީސް ޔާމީން ވިދާޅުވިއެވެ.
ރައީސް ޔާމީން އެ ޢިޝާރަތް ކުރައްވަނީ އަންނަ ރިޔާސީ އިންތިޚާބުގައި މި ސަރުކާރު ބަލި ކުރުމަށެވެ. ރައީސް ޔާމީން ވިދާޅުވާ ގޮތުން މި ސަރުކާރަށް އިތުރު ދައުރެއް ލިބިއްޖެނަމަ މި ޤައުމު މުޅިން އަޅުވެތިވާނެއެވެ. އެ ގޮތުން އަންނަ ރިޔާސީ އިންތިޚާބަކީ ޤައުމިއްޔަތެއް އޮތުމާއި ނެތުމާ ދޭތެރޭގައި ނެގޭ ވޯޓަކަށް ހެދުމަށް ރައީސް ޔާމީން ވަނީ ގޮވައިލައްވާފައެވެ.
الله ގެއިރާދަފުޅާނުލާބަސްބުނުން އުދަގޫވެ ބޮލައް ު