ސްރީލަންކާގެ ޤައުމީ ވަފްދުގެ މެންބަރެއްގެ ގޮތުގައި ކޮޕް 27 ގައި ބައިވެރިވެވަޑައިގަތުމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު މިޞްރަށް ވަޑައިގަތުމުން އެމްޑީޕީގެ ފުރަތަމަ ރައީސް ޑރ.މުޙައްމަދު މުނައްވަރު ފާޑުވިދާޅުވެއްޖެއެވެ.
ކުރީގެ ބަންޑާރަ ނައިބުކަން ވެސް ކުރައްވާފައިވާ ޑރ.މުނައްވަރު ކުރެއްވި ޓުވީޓެއްގައި ވަނީ ދިވެހިރާއްޖޭގެ ރައްޔިތުންގެ މަޖިލީހުގެ ރައީސް ދިވެހި ރައްޔިތުންގެ ފައިސާއިން މުސާރަ ނަންގަވައިގެން އެހެން ޤައުމެއްގެ ވަފުދުގައި އެ ޤައުމު ތަމްސީލު ކުރައްވަން ވަޑައިގަތުމުން ސުވާލު އުފައްދަވައިފައެވެ. އެ ގޮތުން މުނައްވަރު ވަނީ ދިވެހި ޤައުމު ކޮބައިތޯއާއި ދިވެހި ދައުލަތަށް ވަފާތެރިވުމަކީ ކޮބައިތޯ ވެސް ސުވާލު ކުރައްވައިފައެވެ.
ނަޝީދުގެ މި ދަތުރުފުޅަށް މަޖިލީހުން އެއްވެސް ޚަރަދެއް ނުކުރާނެކަމަށް މަޖިލީހުގެ އިދާރާއިން މިއަދު ވަނީ ބުނެފައެވެ.
ކޮޕް 27 ގައި ރައީސް ނަޝީދު ލަންކާ ތަމްސީލު ކުރައްވާއިރު, ދިވެހި ވަފުދުގައި އިސްކޮށް ހުންނެވީ ނައިބު ރައީސް ފައިސަލް ނަސީމެވެ. ސަރުކާރުގެ އިސް ބޭފުޅުންގެ ހިމެނޭ ވަފުދުގައި ނައިބު ރައީސް މިޞްރަށް ފުރާވަޑައިގަތީ އިއްޔެގައެވެ.
ނަޝީދުގެ މައްސަލަ މަޖިލީހަށް އެޖެންޑާ ކުރައްވާ ނަޝީދު ތިކުރައްވަނީ ކުށެއް ގައުމުގެ ހައިބަތު ގެއްލުވާލަނީތީ. ނަޝީދު މަޖިލީހުގެ ރައީސު ކަމުން ބޭރުކުރޭ