މިއަދު ބޭއްވި ނ.މަގޫދޫ އަދި ލ،ކަލައިދޫގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީގެ ބައި އިލެކްޝަން ޕީޕީއެމް އިން ކާމިޔާބުކޮށްފިއެވެ.
މި ދެ އިންތިހާބު ޕީޕީއެމްގެ ދެ ކެންޑިޑޭޓުން ކާމިޔާބުކުރީ އެމްޑީޕީއާ ވާދަކޮށެވެ. އެގޮތުން ކަލައިދޫ ބައި އިލެކްޝަން ކާމިޔާބުކުރީ ޕީޕީއެމްގެ ފަރާތުން ވާދަކުރި އައިޝަތު ސަފިއްޔާ އެވެ. މަގޫދޫ ބައި އިލެކްޝަން ކާމިޔާބުކުރީ ޕީޕީއެމްގެ ކެންޑިޑޭޓް އާމިނަތު ޔުމްނާ އަބްދުލް ޣަނީ އެވެ.
ސަފިއްޔާއަށް 197 ވޯޓު ލިބުނު އިރު ހުވައިލަތަށް ލިބުނީ 192 ވޯޓެވެ. އަދި ނ.މަގޫދޫގެ އަންހެނުންގެ ކޮމިޓީގެ އިންތިހާބު ޕީޕީއެމްގެ ޔުމްނާ ކާމިޔާބުކުރީ 124 ވޯޓުންނެވެ. އެމްޑިޕީގެ ފަރީދާއަށް ލިބުނީ ޖުމްލަ 115 ވޯޓެވެ.