ހޮނިހިރު, އޭޕްރިލް 1, 2023
DhiDaily
  • ފުރަތަމަ ސަފުހާ
  • ޚަބަރު
  • ރިޕޯޓް
  • ދުނިޔެ
  • ދީން
  • ވިޔަފާރި
  • ކުޅިވަރު
  • ވާހަކަ
  • މުނިފޫހިފިލުވުން
  • ތަފާތް
  • ގެލެރީ
  • ENG
No Result
View All Result
  • ފުރަތަމަ ސަފުހާ
  • ޚަބަރު
  • ރިޕޯޓް
  • ދުނިޔެ
  • ދީން
  • ވިޔަފާރި
  • ކުޅިވަރު
  • ވާހަކަ
  • މުނިފޫހިފިލުވުން
  • ތަފާތް
  • ގެލެރީ
  • ENG
No Result
View All Result
DhiDaily
No Result
View All Result

މަހަލްދީބާއި ޝުވާދީބް ހޯދުނުއިރު، ލަކްޝަދީބާއި ފެހެންދީބް ހޯދުމަށް މަސައްކަތްކުރިކަން އެނގޭކަށް ނެތް: ނިޝާން

މުހައްމަދު އާސިފް ލިޔުނީ: މުހައްމަދު އާސިފް
ނޮވެމްބަރ 5, 2022
ޚަބަރު
3
މީޑިއާތަކަށް ފިޔަވަޅު އެޅުމުގެ ބާރެއް ޖެންޑާރއަކަށް ނެތް: ވަކީލު ނިޝާން

ދިވެހިރާއްޖެ (މަހަލްދީބް)، ޝުވާދީބް (އައްޑޫ، ފުވައްމުލައް، ހުވަނދޫ ދެބުރި) އިނގިރޭސިން އަތުން މިނިވަންވިއިރު ރާއްޖޭގެ ޖިއޮގްރަފީ ސަރަޚައްދުގައި ހިމެނޭ ލަކްޝަދީބް (މަލިކު ހިމެނޭ އަތޮޅުތައް) އަދި ފެހެންދީބް (ފޯޅަވަހި ހިމެނޭ ޗާގޯސް އަތޮޅުތައް) ހޯދުމަށް އިބްރާހީމް ނާސިރުގެ ސަރުކާރުން ދުނިޔޭގެ އެއްވެސް އިދާރާއެއްގައި ވަކާލާތުކުރިކަން އެއްވެސް ލިޔެކިޔުމަކުން އެނގެން ނެތްކަމަށް މަޝަހޫރު ޤާނޫނީ ވަކީލު މުޙައްމަދު ނިޝާން އިބްރާހީމް ވިދާޅުވެއްޖެއެވެ.

ދިވެހިރާއްޖޭގެ އިޤްތިސާދީ ސަރަޚައްދުން ބައެއް ގެއްލޭކަމަށް ދެކެވެމުން އަންނަ ވާހަކައާއި ގުޅިގެން ނިޝާން ވިދާޅުވީ، އިނގިރޭސީންގެ އަތްދަށުން ރާއްޖެ މިނިވަންވިއިރު، އިބްރާހީމް ނާސިރުގެ ސަރުކާރަށް ހޯދުނީ ހަމައެކަނި ރާއްޖޭގެ ދެކުނުން އައްޑޫ،ހުވަނދޫ ފުވައްމުލައް އެކަނި ކަމަށެވެ. ރާއްޖޭގެ އެންމެ އުތުރުން މަލިކު ހިމެނޭ އަތޮޅުތައް ޤުރުބާންކޮށް ދޫކޮށްލާފައިވާކަމަށާއި، ދެކުނުން ޗާގޯސްގެ އަތޮޅުތައްވެސް ހޯދުމަށް އިނގިރޭސިންނާއިވެސް އަދި ދުނިޔޭގެ އެއްވެސް އިދާރާއަކާއިވެސް މަޝްވަރާކުރިކަން އެނގެން ނެތްކަމަށް ތާރީހުން ފެންނަން އެބަ އޮތްކަމަށް އޭނާ ވިދާޅުވިއެވެ.

ނިޝާން އިތުރަށް ވިދާޅުވީ، މަރްހޫމް އިބްރާހީމް ނާސިރުގެ ސަރުކާރަށްފަހު އައި ދިގު ވެރިކަންތަކުގައިވެސް އެއިންއެއްވެސް ކަމެއް ދިވެހި ދައުލަތުން އިސްވެކޮށްފައިނުވާކަމަށާއި، އަބަދުވެސް މަލިކާއި ޗާގޯސްގެ މައްސަލަ އެހެން ޤައުމުތަކުން ބައިނަލް އަޤްވާމީ ކޯޓުތަކަށް ހުށަހެޅުމުން ރާއްޖެއިން އޮންނަނީ މަންޒަރުބަލަންކަމަށާއި، މޮޅުވާނެކަން ކަށަވަރުވާ ފަޅި ނަނގައިގެން އެފަޅިއަށް އަރާމަންޒަރު ފެންނަމުންދާކަމަށެވެ.

މިމައްސަލައިގައި ދައުލަތުގެ ސިޔާސަތު ބަދަލުވަމުން އަންނަކަން ފާހަގަކުރަމުން ނިޝާން ވިދާޅުވީ، ފުރަމަ ދުވަހުން ފެށިގެން މިކަމުގައި ވަކާލާތުކުރިނަމަ އެތަންތަނަކީ ދިވެހިންގެ ތަންތަންކަމުގައި ހަމަޖެހިފައި އޮތީސްކަމަށް ޤަބޫލުކުރާކަމަށެވެ.

މިކަމާއި ގުޅިގެން އަދު ސަރުކާރުން ތަކުރާރުކޮށް ބުނަމުން އަންނަ ވާހަކައަކީ، ސަރުކާރުން ޗާގޮސްއާއި މެދު ނަގާފައިވާ ސްޓޭންޑް ބަދަލްކޮށްފައިނުވާނެކަމަށެވެ.

ގުޅުންހުރި ލިޔުންތައް

އުއްޗުގެ ތާއީދު ރައީސަށް!

އުއްޗުގެ ތާއީދު ރައީސަށް!

އޭޕްރިލް 1, 2023
ރަހީނު ކޮށްފައި ހުރި މީހަކު ސަލާމަތްކޮށްފި

ގެއްލިގެން ހޯދަމުން ދިޔަ މީހަކު މަރުވެފައި އޮއްވާ ފެނިއްޖެ

މާރޗް 31, 2023
ފޭކް ޓީޓީ ފޮނުވައިގެން ވިޔަފާރިކުރި މައްސަލަ ތަހްގީގުކުރަން އިންޓަޕޮލްގެ އެހީ ހޯދަނީ

ވަގު ޓީޓީ ފޮނުވައިގެން ބޭރުގެ ކުންފުނިތަކުން ވިޔަފާރިކުރި މީހާގެ ބަންދަށް އިތުރު 15 ދުވަސް

މާރޗް 31, 2023
ޤާސިމްގެ ސްޕެޝަލް އެންވޯއީއަކަށް އިލްހާމް އައްޔަންކޮށްފި

އާޒިމަކީ ޤާސިމްގެ އެޑްވައިޒަރުގެ މަގާމުގައި ހުންނެވި ބޭފުޅެއް ނޫން: އިލްހާމް

މާރޗް 31, 2023

ކިޔުންތެރިންގެ ޚިޔާލު 3

  1. މުންޖިޗޭ says:
    5 months ago

    ނިޝަންވެސް މިހާރު މޮޔަފުޅުޒާތަކަށް ވާހަކަދައްކަވާހެން ހީވަނީ. މަހަލްދީބަކީ މުޅި ދިވެހިރާއްޖެ. ސުވައިދީބަކީ ދެކުނުގެ ގަޑުބަޑުގެ ތެރެއިން އިނގިރޭސިން އުފަންކުރިވި ނަމެއް. އެކަންވަނީ ތާރީޚުން ފެންނަން. ފޯޅުވަހި ހޯދަން ދިވެހިން ނުއުޅުނީ އިނގިރޭސީންނާ ކުރިމަތިލުމުގެ ޤާބިލުކަން ނެތުމުން. ދެންތިކިޔާ ލަކްޝަދީވް ރާއްޖޭގެ ބަޔަކަށް ހެދޭހާ ދިވެހި ދައުލަތަކީ ބާރެއް ހުރި ދައުލަތެއްނޫން. އެކަމަކު އެތަނުގެ ބަހުރުވަޔާ އާދަކާދައިން ދިވެހި އެންމެ ބޯދާގޮތް ފެނޭ. އެހެނޭ ކިޔާފަ ޒަމާންބަދަލުވެ ލިބެންހުރި ހެކިތަކުގެ މައްޗައް ރާއްޖޭގެ ބޯޑަރު ކަނޑައެޅުމުގެ ޙައްޤު ދިވެހީންނަށް ލިބިގެންވޭ. އެއަށް ޣައްދާރުވި ބަޔަކަށް މާފެއްނޯންނާނެ. ވަރަށް ސަލާމް.

    Reply
  2. ދިވެހި ޒުވާނުން says:
    5 months ago

    އަދު ތިމާއީ މަޝްހޫރު ގާނޫނީ ވަކީލަކަށް ވުމުން ނިޝާނަށް ތިކަމުގާ ކުރެވުނީ ކޮންކަމެއް ތޯ ؟

    Reply
  3. ދިވެހި މުސްކުޅިން says:
    5 months ago

    ތިޔައީ ނާސީރަށް ފަހު އަދި އޭގެ ކުރިން ވެސް ރާއްޖެ ދުށް ވެރިންގެ ފިނޑިކަމުން ގެއްލި ދިޔަ މި ގައުމުގެ ރަށްތަކެއް. މިހާރުވެސް ރާއްޖޭގެ ކޯޓެއްގައި ނުވަތަ ބައިނަލް އަގުވާމީ ކޯޓެއްގައި ތިކަމާ އަވަހަށް ދައުވާކުރާނެހާ ހަކަތަ އަދު ނެތީތޯ. އާޒިމާ ދިޔާނާ. މުނައްވަރު. ރިފްއަތު މިއީ ގާނޫނީ މީހުންތޯ ؟

    Reply

Leave a Reply Cancel reply

ކިޔުންތެރިންގެ ހިޔާލު

ADVERTISEMENT

މަގުބޫލް ލިޔުންތައް

  • ސަލްމާން ޙާންއަށް އެތައް ބައެއްގެ ފާޑު ކިޔުން

    ސަލްމާން ޙާންއަށް އެތައް ބައެއްގެ ފާޑު ކިޔުން

    0 shares
    Share 0 Tweet 0
  • ހަޤީޤީ ހާދިސާ: ދެމަފިރިންގެ ދާނުގައި އޮތް ޖިންނި ހަރުފަ

    0 shares
    Share 0 Tweet 0
  • ކައިޒީންގެ އުފަންދުވަސް ފާހަގަ ކުރަން މިރޭ ހަވާއަރުވަނީ

    0 shares
    Share 0 Tweet 0
  • ރެސިޕީ: ފެރާރޯ ޗީޒް ކޭކް

    0 shares
    Share 0 Tweet 0

DhiDaily©2020

No Result
View All Result
  • ފުރަތަމަ ސަފުހާ
  • ޚަބަރު
  • ރިޕޯޓް
  • ދުނިޔެ
  • ދީން
  • ވިޔަފާރި
  • ކުޅިވަރު
  • ވާހަކަ
  • މުނިފޫހިފިލުވުން
  • ތަފާތް
  • ގެލެރީ
  • ENG

DhiDaily©2020

Login to your account below

Forgotten Password?

Fill the forms bellow to register

All fields are required. Log In

Retrieve your password

Please enter your username or email address to reset your password.

Log In