ފުލުހުންގެ ބެލުމުގެ ދަށުގައި ހުއްޓާ ނިޔާވި ރަޝީދުގެ ހަށިގަނޑު މިއަދު މާލެ ގެނެސް ޖަނާޒާ ބޭއްވުމަށް ތަށްޔާރު ވެއްޖެއެވެ.
ރަޝީދުގެ ޖަނާޒާ ބޭއްވުމަށް ތައްޔާރުވަމުން އަންނަ އިރު، ޖަނާޒާ ބޭއްވުމަށް ހަމަޖެހިފައިވަނީ މަގްރިބް ނަމާދަށް ފަހު އާސަހަރާ މިސްކިތުގައެވެ.
ރަޝީދު (43އ) ހައްޔަރުކުރީ މަސްތުވާތަކެތީގެ މައްސަލައެއްގެ ތުހުމަތުގައި މިމަހުގެ 25 ވަނަ ދުވަހު އެވެ. އޭނާ މަރުވީ ފުލުހުންގެ ބެލުމުގެ ދަށުގައި ހުއްޓާ ފަރުވާއަށް އެދުމުން ފަރުވާ ނުދީގެން ކަމަށް މަންޒަރު ދުށް ބައެއް މީހުންވެސް ބުނެފައިވެ އެވެ.
ރަޝީދުގެ ހަށިގަނޑު ޕޯސްޓްމޯޓަމް ހަދަން އިންޑިއާއަށް ފޮނުވީ ނިމިދިޔަ އޮކްޓޯބަރު މަހުގެ 31 ގައެވެ.