ނ.މަގޫދޫ ކައުންސިލްގެ އަންހެން މެންބަރު އިންތިޚާބު ކުރުމާއި ލ.ކަލައިދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީއަށް މެމްބަރުން އިންތިޚާބުކުރުމަށް ބާއްވާ ބައި-އިލެކްޝަންގެ ވޯޓުލުން ފެށިއްޖެއެވެ.
މި ދެ ބައި އިލެކްޝަންގެ ވޯޓުލުން މިއަދު ހެނދުނު 8 ޖެހިއިރު ފަށާފައިވާއިރު ވޯޓުލުން މިއަދު ހަވީރު 4 ޖެހުމާއި ހަމަޔަށް ކުރިއަށްދާނެކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެއެވެ.
މި ދެރަށުގެ ބައި އިލެކްޝަންގެ ވޯޓުލުމަށް 3 ސަރަހައްދެއްގައި އިލެކްޝަން ކޮމިޝަނުންވަނީ ވޯޓުފޮށި ބަހައްޓާފައެވެ. އެއީ މާލޭގައި ތިބި ނ.މަގޫދޫ އަދި ލ.ކަލައިދޫ ރައްޔިތުން ވޯޓުލުމަށް ޢިމާދުއްދީން ސްކޫލުގައި ބަހައްޓާފައިވާ ވޯޓުފޮއްޓަކާއި އިންތިޚާބު ބާއްވާ ދެރަށްކަމަށްވާ ނ.މަގޫދޫގެ އަދި ލ.ކަޅައިދޫގައި ބަހައްޓާފައިވާ ދެ ވޯޓުފޮއްޓެކެވެ.