ރާއްޖޭގެ ބައެއް ސަރަޙައްދުތަކަށް އުދަ އަރާނެކަމަށް ލަފާކޮށް މޫސުމާބެހޭ ޤައުމީ އިރާއިން ހުދު ސަމާލު ނެރެފިއެވެ.
ހުދު ސަމާލު ނެރެފައި ވަނީ ކ. އަތޮޅުން ފެށިގެން އައްޑޫ ސިޓީއަށެވެ. އެ އިދާރާއިން މި އެލާޓް ނެރެފައިވަނީ މިއަދު ހެނދުނު 08:45 އިން ފެށިގެން 13:30 އާއި ހަމައަށެވެ.
އެ އިދާރާއިން މި އެލާޓް ނެރެފައިވާއިރު، ރެއާއި މިއަދު ހެނދުނު މާލޭ އަލިމަސް ކާނިވާ ސަރަޙައްދަށް އުދައިގެ އަސަރުވަނީ ވަރަށް ބޮޑަށް ކޮށްފައެވެ. އެގޮތުން ފެންބޮޑުވެ، އެ ސަރަޙައްދުގައި ހިންގާ ކެފޭ ރެސްޓޯރެންޓަކަށްވެސް ފެނުގެ އަސަރުކޮށްފައިވެއެވެ.
ރާއްޖެއަށް މިހާރު ކުރަމުން މިދަނީ ހުޅަނގު މޫސުމުގެ ވިއްސާރަކަމަށާއި، މި ވިއްސާރަ ޑިސެމްބަރުމަހާ ހިސާބަށް ދެމިގެންދާނެކަމަށް މޫސުމާބެހޭ ޤައުމީ އިދާރާއިން ވިދާޅުވެއެވެ.