2024 ގައި ދެވަނަ ދައުރަކަށް އެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްފް ކުރިމަތިލުމަށް ޝާއުގުވެރިކަން ފާޅުކޮށްފިއެވެ.
ގައުމު ނާޒުކު ހާލަތެއްގައި ދައުރުގެ މެދުން ބޭއްވޭ އިންތިޚާބަކަށް ކުރިމަތިލާއިރު،ރިޕަބްލިކަން ޕާޓީގެ ރައީސް ޓްރަމްޕް ވަނީ 2020 ވަނަ އަހަރު ޖޯ ބައިޑަން ރައީސްކަމަށް އައިސްފައިވަނީ އިންތިޚާބްގައި މަކަރު ހަދައިގެންކަމަށް ތުހުމަތުކޮށްފައެވެ.
އެމެރިކާގެ ލޯވާގެ ސިއޯކްސް ސިޓީގައި ބޭއްވި ރެލީއެއްގައި ވާހަކަދައްކަވަމުން ޓްރަމްޕްވަނީ 2024 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ވާދަކުރައްވަން ޝައުގުވެރިކަން ފާޅުކޮށް، ވައިޓް ހައުސްއަށް އެނބުރި އަންނާނެކަމަށް ވިދާޅުވެފައެވެ.
ރައީސްކަމަށް ވާދަކުރައްވާ މީހުންނަށް އެންމެ ބޮޑު ތަރުޙީބެއް ލިބެމުން އަންނަނީ އެމެރިކާގެ ލޯވާގައެވެ.
އުމުރުން 76 އަހަރުގެ ޓްރަމްޕް ރައީސްކަމަށް ކުރިމަތިލުމަށް ޝައުގުވެރިކަން ފާޅުކޮށްފައިވާއިރު، އޭނާގެ މައްޗަށް ޖިނާއީ ކުއްތަކެއްގެ ދައުވާތައް އުފުލި އެކަން ކަން އަންނަނީ ތަހުގީގުކުރެވެމުންނެވެ. އަދި މިކަމުގެ ސަބަބުން ރިޔާސީ ރޭހުގައި ޓްރަމްޕް އަށް ހުރި ގޮންޖެހުންތައް ބޮޑުކަން ކަމާއިބެހޭ މާހިރުން ލަފާކުރެއެވެ.
ރިޕަބްލިކަންގެ ފަރާތުން 2024 ގައި ރައީސްކަމަށް ވާދަކުރުމަށް ހުށަހެޅިފައިވާ ބޭފުޅުންގެ ތެރޭގައި ފްލޮރިޑާގެ ގަވަރްނަރް ރޮން ޑީ ސެންޓިސް އަދި ޓްރަމްޕްގެ ކުރީގެ ނައިބު ރައީސް މައިކް ޕެންސްގެ އިތުރުން ޔޫ.އެންގެ ކުރީގެ އެންވޯއީ ނިއްކީ ހޭލީ ހިމެނެއެވެ.
ބައިނައްލަޤްވާމީ ނޫސްތަކުގައި ބުނެފައިވާ ގޮތުގައި ޓްރަމްޕްގެ ކެމްޕެއިން ރަސްމީކޮށް މިމަހުގެ 14 ގައި ބާއްވަން ފަށާނެކަމަށް ބުނެފައިވެއެވެ.