ފޯޅަވައްސަކީ ދިވެހިންގެ ތަނަކަށް ވެއްޖެ ނަމަ ސައްތައިން ސައްތަ މުސްލިމު ގައުމެއްގެ ގޮތުގައި ރާއްޖެ އޮތް އޮތުން ނިމުމަކަށް އަންނާނެ ކަމަށް ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ރޭ ވިދާޅުވެއްޖެއެވެ.
ނަސްރުގެ ދުވަހާ ގުޅުވައިގެން ”ކުރި ޖިހާދު- ކުރަން އޮތް ޖިހާދު“ގެ ނަމުގައި ސަލްޓަން ޕާކްގައި ބޭއްވި ޖަލްސާގައި އުމަރު ވިދާޅުވީ ރާއްޖެ އިން އެގޮތަށް ނިންމާފައި ވަނީ އިންޑިއާ އިން ބުނެގެން ކަމަށާއި ދިވެހި ޚާރިޖީ ސިޔާސަތު މިހާރު ނިންމަނީ އިންޑިއާގެ ވެރިރަށް ނިއުދިއްލީން ކަމަށެވެ.
”ޝާހިދަށް މަގާމު ހޯދައި ދިނުމާއި ލޯން ހޯދައި ދިނުމާއި މިކަންތައްތަކުގެ މުގާބިލްގައި ދިވެހި ސަރުކާރުން އިންޑިއާ ބުނި ގޮތަށް ދީލާލައިގެން ރާއްޖޭގެ ޕޮޒިޝަން ބަދަލު ކުރީ. އެ ޕޮޒިޝަން ބަދަލުކޮށްގެން ނުވާނެ،“ ޑީ.އެން.އޭ ނަމުގައި ސިޔާސީ ހަރަކާތެއް ވެސް ލީޑް ކުރައްވާ އުމަރު ވިދާޅުވިއެވެ.
އުމަރު ވިދާޅުވީ ފޯޅަވައްސަށް ނިސްބަތްވާ ތިންހާހެއްހާ މީހުން އިނގިރޭސިވިލާތުގައި ތިބި ކަމަށެވެ.ފޯޅަވަހި މިނިވަންވާ ދުވަހަކުން އެމީހުން އެރަށަށް ދާނެ ކަމަށް އުމަރު ވިދާޅުވިއެވެ.
”ޗާގޯސް މިނިވަންވާ ދުވަހު ނުވަތަ މޮރިޝަސްގެ ދަށަށްދާ ދުވަހު ނުވަތަ ރާއްޖޭގެ ދަށަށް އަޔަސް، މި ތިންހާސް މީހުން އަނބުރާ މި ރަށަށް އަންނާނެ. މި ތިން ހާސް މީހުންނަކީ މުސްލިމުންނެއް ނޫން. މި ތިންހާސް މީހުން އަނބުރާ ފޯޅަވައްސަށް އައިސްފައި ފޯޅަވައްސަކީ އަޅުގަނޑުމެންގެ ގައުމަކަށް ވެއްޖެ ނަމަ، އަޅުގަނޑުމެންނަކީ ސައްތައިން ސައްތަ މުސްލިމު ގައުމަކަށް ވާނެތޯ؟ ނުވާނެ،“ އުމަރު ވިދާޅުވިއެވެ.
އުމަރު ވިދާޅުވީ އެ ތިންހާސް މީހުންނަށްޓަކައި ރާއްޖޭގައި އޮތް ސައްތައިން ސައްތަ މުސްލިމް ގައުމެއްގެ ޓެގް ދޫކޮށްލައިގެން ނުވާނެ ކަމަށެވެ.
ޗާގޮސްގެ ރަށްތައް އިނގިރޭސި ވިލާތުން މޮރިޝަސްއާ ހަވާލުކުރަން އދ. އިން ނިންމި ނިންމުމަށް ވޯޓު ދޭނެކަން ރާއްޖެ އިން ހާމަކުރުމުގައި އެއްވެސް ގައުމެއްގެ ނުފޫޒެއް ނޯންނާނެ ކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު މިއުވާން މުހައްމަދު މީގެކުރިން ވަނީ ވިދާޅުވެފައެވެ.
”މި މައްސަލައިގައި ރާއްޖޭގެ ސިޔާސަތު ބަދަލުނީ އެއްވެސް ގައުމެއްގެ ނުފޫޒެއް އޮވެގެނެއްނޫން. އިންޑިއާ ނޫން އެހެން ގައުމެއްގެ ވެސް ނުފޫޒެއް ނެތް. މިއީ ރާއްޖޭގެ އަމިއްލަ ނިންމުމެއް.“ މިއުވާން ވިދާޅުވިއެވެ.
”މި މައްސަލައިގައި ރާއްޖޭގެ ސިޔާސަތު ބަދަލުނީ އެއްވެސް ގައުމެއްގެ ނުފޫޒެއް އޮވެގެނެއްނޫން. އިންޑިއާ ނޫން އެހެން ގައުމެއްގެ ވެސް ނުފޫޒެއް ނެތް. މިއީ ރާއްޖޭގެ އަމިއްލަ ނިންމުމެއް.“ މިއުވާން ވިދާޅުވިއެވެ.
ފޯޅަވައްސަކީ ކުރިން މޮރިޝަސްގެ ބައެކެވެ. ނަމަވެސް އިނގިރޭސިވިލާތުގެ އިސްތިއުމާރުގައި އޮތް ދުވަސް ވަރު އިނގިރޭސިވިލާތުން ވަނީ ފޯޅަވަހީގެ ރައްޔިތުން އެ ތަނުން ބޭރުކޮށް އަސްކަރީ ބޭހަކަށް ހަދައިފައެވެ. އަދި ފަހުން އެތަން އޮންނަނީ އެމެރިކާއަށް ކުއްޔަށް ދީފައެވެ.
ފޯޅަވަހީގެ ރައްޔިތުންނާއި އަދި މޮރިޝަސްއިން މިހާރު ވެސް ދަނީ ފޯޅަވަހި އަލުން ހޯދުމަށް މަސައްކަތް ކުރަމުންނެވެ. ނަމަވެސް ބައިނަލްއަގުވާމީ ކޯޓުތަކުން ވެސް އެކަމުގައި ކުރިއެރުމެއް ނުލިބެއެވެ.
މިހާރުވެސް އެކަށް އޮއްނަނީނަމެއްގަ