ޑިފެންސް މިނިސްޓަރު އަލްއުސްތާޒާ މާރިޔާ އަހުމަދުދީދީ ކުޅުދުއްފުށި ސިޓީއަށް ވަޑައިގަންނަވައިފި އެވެ.
މިނިސްޓަރ ކުޅުދުއްފުއްޓަށް ވަޑައިގެންނެވީ މިއަހަރުގެ ނަސްރުގެ ދުވަހުގެ ޚާރަކާތްތަކުގައި ބައިވެރިވެ ވަޑައިގަތުމަށެވެ.
މިނިސްޓަރު މާރިޔާ މިއަދު ކުޅުދުއްފުއްޓަށް ވަޑައިގަތުމުން އެކަމަނާއަށް މަރުހަބާ ދެންނެވީ، މޭޔަރ މުޙައްމަދު އާތިފްއާއި ކައުންސިލް މެމްބަރުންނާއި މަޖިލިސް މެމްބަރު ޔާސިރު އަބުދުލް ލަތީފެވެ.
މިއަހަރުގެ ނަސްރުގެ ދުވަހުގެ ޚަރަކާތްތައް ކުރިއަށް ގެންދަނީ ކުޅުދުއްފުށީ ސިޓީ ކައުންސިލާއި ޖަލާލުއްދީން ސްކޫލު ގުޅިގެންނެވެ. މިއަހަރުވެސް ކުލަގަދަ ގޮތެއްގައި ނަޞްރުގެ ދުވަސް ކުޅުދުއްފުށީގައި ފާހަގަކުރާއިރު ރޭ ވަނީ ދުވަހާ ގުޅޭ ޚާއްސަ ޖަލްސާ ބާއްވާފަ އެވެ.
މިއަދު ހަވީރު ސިފައިންގެ ޕެރޭޑް ކުޅުދުއްފުށި އަމީނީމަގުގައި ކުރިއަށްދާނެ އެވެ. އަދި މިރޭ ރަށްމަތިފަންނުގައި ހަވާ އެރުމުގެ ހަރަކާތްވެސް ކުރިއަށްދާނެ ކަމަށް ސިޓީ ކައުންސިލުން މައުލޫމާތުދެ އެވެ.
މީގެއިތުރުން ނަސްރުގެ ދުވަސް ފާހަގަކުރުމަށް ސްކޫލްތަކުގެ މެދުގައި ވާހަކަ ދެއްކުމުގެ މުބާރާތަކާއި ސުވާލުމުބާރާތެއް ވަނީ ކުރިއަށް ގެންގޮއްސައެވެ.