ބުދަ, މާރޗް 22, 2023
DhiDaily
  • ފުރަތަމަ ސަފުހާ
  • ޚަބަރު
  • ރިޕޯޓް
  • ދުނިޔެ
  • ދީން
  • ވިޔަފާރި
  • ކުޅިވަރު
  • ވާހަކަ
  • މުނިފޫހިފިލުވުން
  • ތަފާތް
  • ގެލެރީ
  • ENG
No Result
View All Result
  • ފުރަތަމަ ސަފުހާ
  • ޚަބަރު
  • ރިޕޯޓް
  • ދުނިޔެ
  • ދީން
  • ވިޔަފާރި
  • ކުޅިވަރު
  • ވާހަކަ
  • މުނިފޫހިފިލުވުން
  • ތަފާތް
  • ގެލެރީ
  • ENG
No Result
View All Result
DhiDaily
No Result
View All Result

ނޮވެމްބަރު 3 އާއި ސިއްކަ އާއި ގުޅުވުމަކީ އަނބުރަށް އަރައިގަތުން:ރައީސް ނަޝީދު

އަޒްފާ ރަޝީދު ލިޔުނީ: އަޒްފާ ރަޝީދު
ނޮވެމްބަރ 4, 2022
ފީޗަރ, ޚަބަރު
1
ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކުރަން ގޮވައިލާ ޤަރާރެއް ހުށަހަޅުއްވަން ނަޝީދު ނިންމަވައިފި

ނޮވެމްބަރު ތިނެއްގެ ހަމަލާދިނުމަށް އެހީވިކަމުގެ ކުށް ސާބިތުވެ ހުކުމްކޮށްފައިވާ ސިއްކަ އަހުމަދު އިސްމާއިލް މަނިކު ކުށަށް އިއުތިރާފުވީ އަނިޔާކޮށްގެން ކަމަށާއި، އެ ހަމަލާގައި އޭނާ ކުށްވެރިކުރުން ބަލައިނުގަނެވޭ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

މިހާރު ރައްޔިތުންގެ މަޖިލީހުގެ ރައީސްކަންވެސް ކުރައްވަމުން ގެންދަވާ ރައީސް ނަޝީދު މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، އޭނާގެ އަތުން ނަގާފައިވާ އިއުތިރާފު ބަޔާނަކީ، އެތައް އަނިޔާއެއްކޮށްގެން، މަރުގެ ތުންފަތްމައްޗަށް ގެނެސްގެން ނަގާފައިވާ ބަޔާނެއް ކަމަށެވެ.

ރައީސް ނަޝީދު ވަނީ، ނޮވެމްބަރު ތިނެއްގެ ހަމަލާއާއި ގުޅުވައި އޭނާގެ އަބުރަށް އަރައިގަތުން ބަލައިނުގަނެވޭނެ ކަމަށް ވިދާޅުވެ، ސިއްކަ ދިފާއު ކުރައްވާފަ އެވެ. ސިއްކަ އަކީ ރައީސް އިބްރާހިމް މުހައްމަދު ޞާލިޙްގެ އަނބިކަނބަލުން ފަޒްނާ އަހުމަދުގެ ބައްޕާފުޅެވެ. ނޮވެމްބަރު ހަމަލާއާއި ގުޅިގެން އޭނާގެ މައްޗަށް ހުކުމް ކޮށްފައިވަނީ ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތަށް އުނިކަން ލިބި، ދިވެހިރާއްޖެ ދިވެހި ވެރިކަމުގެ ބާރުން ނެއްޓިދާ ފަދަ ގޮތަކަށް އަމަލުކުރުމުގައި، ހ. ހާޖަރާގޭ ލުތުފީ ރާވައިގެން ހިންގި ކަންތައްތަކުގެ މައުލޫމާތު ސިއްރުކޮށްގެން ހުރިކަން އަދި އެކަމުގައި އެހީވިކަން ސާބިތުވެގެން ނެވެ

3 November ge hamalaiga Sikka Ahamed Ismail Manik ge aburah araigathun eh gothakahves balaeh nuganevey. Eyna ah inthiha ah aniyaakoh maruge thunfaiy mahchah genes eynaa athun negi iuthiraaf bayaanakee bodu olhuvaalumeh.

— Mohamed Nasheed (@MohamedNasheed) November 4, 2022

ހައި ކޯޓުން 1989 ވަނަ އަހަރުގެ އޯގަސްޓް މަހުގެ 12 ވަނަ ދުވަހު ކުރި ހުކުމުގައި ބުނެފައިވަނީ، ޕީޕަލްސް ލިބަރޭޝަން އޮފް ޓެމިލް އީލާމް (ޕްލޯޓް) ގެ ވެރިންނާ ގުޅި، ރާއްޖޭގެ ވެރިކަން ބަދަލުކުރުމަށް ހަތިޔާރާ އެކު މާލެ ދާން ތައްޔާރުވަމުންދާކަމަށް ލުތުފީގެ ފަރާތުން ސިއްކައަށް މާކުރިން އެގިފައި އޮތްކަމާއި، ވެރިކަން ބަދަލުކޮށްލެވިއްޖެ ނަމަ މަގާމުތައް ބަހާނެ ގޮތުގެ މަޝްވަރާވެސް އެދެމީހުންގެ ދެމެދު ކުރެވިފައިހުރި ކަމަށް ސިއްކަ އިއުތިރާފުވެފައިވާ ކަމަށެވެ.

ސިއްކަގެ އިއުތިރާފުގެ މައްޗަށް ބިނާކޮށް އެފަހަރު އޭނާގެ މައްޗަށް 15 އަހަރުގެ ޖަލު ހުކުމެއް އިއްވި ނަމަވެސް ހުކުމް ތަންފީޒުކޮށް ނުނިމެނީސް އޭނާ ވަނީ މިނިވަންކޮށްފަ އެވެ. ނަމަވެސް 2 އަހަރެއްހާ ދުވަހު ޖަލުގައި ހޭދަކުރުމަށްފަހު ބޭސް ފަރުވާއަށް އިންޑިއާގައި 4 ވަރަކަށް އަހަރު ހޭދަކުރިއެވެ. އެއަށްފަހު ބައިޕާސްއެއް ހަދަން ލަންޑަނަށް ގޮސް އެފަހުން ރާއްޖެއައިސް ރައީސް މައުމޫން ވަނީ ސިއްކަ މިނިވަންކޮށްފައެވެ.

ނަސްރުގެ ދުވަހުގެ މުނާސަބަތުގައި ރައީސް ޔާމީން އިއްޔެ ކުރެއްވި ޓުވީޓުގައި އެ ދުވަސް ސިފަކޮށްފައިވަނީ ”ބިރުވެރި ސިއްކަގެ ދުވަހުގެ“ ގޮތުގައެވެ.

ގުޅުންހުރި ލިޔުންތައް

4 ކިލޯގެ ޑްރަގާއެކު 5 މީހަކު ހައްޔަރުކޮށްފި

މަސްތުވާތަކެތި ކަމަށް ގާނޫނުގައި ނެތުމުން ދޫކޮށްލައިފި

މާރޗް 21, 2023
ފުލުހުން ފައިޙް ހޯދާތާ މަސް ދުވަސް ފަހުން އޭނާ އަމިއްލައަށް ފުލުހުންނާ ހަވާލުވެއްޖެ

ފުލުހުން ފައިޙް ހޯދާތާ މަސް ދުވަސް ފަހުން އޭނާ އަމިއްލައަށް ފުލުހުންނާ ހަވާލުވެއްޖެ

މާރޗް 21, 2023
ރައީސް ކޯލިޝަން ޕާޓީތަކާ ބައްދަލުކުރައްވައިފި

ރައީސް ކޯލިޝަން ޕާޓީތަކާ ބައްދަލުކުރައްވައިފި

މާރޗް 21, 2023
ހަނދު ސާބިތުކުރުމުގެ ޖަލްސާ ހުކުރުދުވަހުގެރޭ

ރޯދަ މަހުގެ ފުރަތަމަ ދުވަހަކީ ބުރާސްފަތި ދުވަސް

މާރޗް 21, 2023

Comments 1

  1. Lhos says:
    5 months ago

    3 novembaraa sikka as nugulhuvaa dhen kaakaatha gulhuvanveeeee, RN vidhaalhuvaane anekkaa 3 novembaraa sikkayaa nugulhuvaa RN aa gulhuvaashey tha???

    Reply

Leave a Reply Cancel reply

ކިޔުންތެރިންގެ ހިޔާލު

ADVERTISEMENT

މަގުބޫލް ލިޔުންތައް

  • ޒޯޔާ ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ފުލުހުން ބުނެފި

    ޒޯޔާ ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ފުލުހުން ބުނެފި

    0 shares
    Share 0 Tweet 0
  • ވިލިމާލެއިން ގެއްލިގެން ހޯދަމުން ދިޔަ ކުއްޖާ ފެނިއްޖެ

    0 shares
    Share 0 Tweet 0
  • މިކަންކަން ދިމާވާނަމަ ތިޔައީ ލޯބިވެރިޔާ އަށް މުހިއްމު މީހެއް ނޫން

    0 shares
    Share 0 Tweet 0
  • މަރާލާފައިވާ އަންހެނެއްގެ ހަށިގަނޑު ރޭލު ސްޓޭޝަނެއްގައި ބަހައްޓާފައި ހުރި ކުނިއަޅާ އެއްޗެއްގެ ތެރެއިން ފެނިއްޖެ

    0 shares
    Share 0 Tweet 0

DhiDaily©2020

No Result
View All Result
  • ފުރަތަމަ ސަފުހާ
  • ޚަބަރު
  • ރިޕޯޓް
  • ދުނިޔެ
  • ދީން
  • ވިޔަފާރި
  • ކުޅިވަރު
  • ވާހަކަ
  • މުނިފޫހިފިލުވުން
  • ތަފާތް
  • ގެލެރީ
  • ENG

DhiDaily©2020

Login to your account below

Forgotten Password?

Fill the forms bellow to register

All fields are required. Log In

Retrieve your password

Please enter your username or email address to reset your password.

Log In