ޕީޕީއެމް ސަރުކާރުގައި ރަށްރަށުގައި ފެނާއި ނަރުދަމާގެ ނިޒާމުގެ މަޝްރޫޢުތައް ހިންގީ ވޯޓާ ދިމާކޮށް ހަމަ ނަމެއްގައިކަމަށް ސަރުކާރުން ބުނެފިއެވެ.
ރާއްޖެ ޓީވީގެ ޕްރޮގްރާމެއްގައި ވާހަކަދައްކަވަމުން ރައީސް އޮފީހުގެ ތަރުޖަމާނު މުޙައްމަދު މިއުވާން ރޭ ވިދާޅުވީ ދައުރު ނިމުމުގެ ކުރިން ހުރިހާ ރަށެއްގެ ފެނާއި ނަރުދަމާ ނިމޭނެ ކަމަށާއި އަންނަ އަހަރުގެ ބަޖެޓުގައި ފެނާއި ނަރުދަމާގެ ނިޒާމުގެ މަޝްރޫޢުތައް ހިންގުމަށް 567 މިލިއަން ރުފިޔާ ހިމަނާފައިވާ ކަމަށެވެ.
މިއުވާން ވިދާޅުވީ މި ސަރުކާރު އައިއިރު ގިނަ ރަށްރަށުގައި ފެނާއި ނަރުދަމާގެ ޚިދުމަތެއް ނެތް ކަމަށެވެ. އަދި ރާއްޖޭގެ ގިނަ ރަށްތަކެއްގައި ފެނާއި ނަރުދަމާގެ ޚިދުމަތް ގާއިމުކޮށްފައިވާާކަމަށް ކުރީ ސަރުކާރުން ބުނި ނަމަވެސް އެކަން އޮތީ އެހެން ނޫން ކަމަށެވެ.
މިއުވާން ވިދާޅުވި ގޮތުގައި ޕީޕީއެމް ސަރުކާރުގައި ރަށްރަށުގައި ފެނާއި ނަރުދަމާގެ ނިޒާމުގެ މަޝްރޫޢުތައް ހިންގީ ވޯޓާ ދިމާކޮށް ހަމަ ނަމެއްގައެވެ.
”ހަމަ ނަމަކަށް ވޯޓާ ދިމާކޮށް އެ ކަންކަން ކުރެއްވި ރަށްރަށް އަޅުގަނޑުމެންނަށް ގިނައިން ފެންނަނީ“
މިއުވާން ވިދާޅުވީ މި ސަރުކާރުން މަސައްކަތްތައް ނިންމާއިރު އެކަމާމެދު ރައްޔިތުން ކުރާނެ އިތުރު ޝަކުވާއެއް ނޯންނާނެ ކަމަށެވެ.
😂🤣🤣
މިސަރުކާރުން ފެނާނަރުދަމާއެޅުމައް ކިތައްއަހަރުވ ާނެބާ ހަމަގައިމުވެސް އަޅުގަނޑުގެއުފަންރަށުގައި ކުރީސަރުކާރުން 18 މަސްތެރޭނަރުދަމާގެހިދުމަތްރައްޔެތުނައްދޭންފަށައިފި މިސަރުކާރުން ފެންހޮޅިއެޅުމައް އިންޑިޔާގެބަޔަކު ރަށުގަތިބޭތާ4އަހަރުވަނީ އަދިތިބުނާފެނުގެހިދުމަތްލިބޭނޭ ދުވަހެއްނޭގޭ ނަމަވެސް ވަރައްރަގަޅުއެއްކަމެއްކޮއްދީފި ރަށުގެ ހުރިހާ މަގުތައް ކޮނެހަލާކުކޮއްފި ކޮންމެމަގަކުން 6ފޫޓްގެ ވަޅުކޮޅެ ކޮނެފަހުންތާ4އަހަރުވަނީމި. ވަރައް ހަލުވިކޮއްމަސައްކަތް ކުރެވޭތާއެބަ މި މަސައްކަތް މިދާގޮތައްދާނަމަ ދެންއަންނަދައުރެއްނިމޭއިރައްވެސް ރައްޔިތުމީހާއައްފެންފޮދެއްލިބޭނޭކަމާމެދުސައްކު😂