ލޯތްބަކީ ހަޤީޤަތެއްކަން ބަތަލާ ކްރިތީ ސަނޮންއަށް ގަބޫލުކޮށްދިނީ ކިންގް ޝާޙް ރުކް ޙާން ކަމަށް އޭނާ ހާމަކޮށްފިއެވެ.
ޝާޙްގެ 57 ވަނަ އުފަން ދުވަހުގެ ތަހުނިޔާ ކިޔަމުން ކްރިތީ އޭނާގެ އިންސްޓަރގްރާމް އެކައުންޓް މެދުވެރިކޮށް ހިއްސާކޮށްފައިވާ ފޮޓޯގައި އޭނާ ވަނީ އޭނާއަށް ލޯތްބަކީ ކޮބާ ކަމާއި އެއީ ހަޤީޤަތެއްކަން ވިސްނާދިނީ ޝާޙް ކަމަށެވެ.
ޝާޙް އަކީ އޭނާގެ ކޮންމެ ފިލްމެއްގައި ވެސް އަސަރު ގަދަ ލޯބީގެ އެތައް ހާދިސާއެއް އާއްމުން އާއި ހިއްސާ ކޮށްފައިވާ ފަންނާނެކެވެ. އޭނާގެ ލޯބީގެ ކޮންމެ ފިލްމަކީ ވެސް އާއްމުންގެ މެދުގައި އެހާމެ މަޤުބޫލުކަން ހޯދާފައިވާ ފިލްމުތަކެވެ.
ކްރިތީ އާއި ޝާޙް އެއްކޮށް ފެނިގެން ގޮސްފައިވަނީ ”ދިލްވާލޭ“ އިންނެވެ. މި ފިލްމުގައި ޝާޙް އާއި ކްރިތީގެ އިތުރުން ވަރުން އާއި ކާޖޮލް ވެސް ވަނީ ފެނިގެން ގޮސްފައެވެ.